ކެމްޕޭން ކުރުން މަނާ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކެމްޕޭން ކުރެއްވި ކަމަށް ބުނާ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ދެއްވައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިދު ވިދާޅުވީ، ގާނޫނުން އެ ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާތަކުގެ ދަށުން އެ މައްސަލަ ބަލާނެ ކަމަށެވެ.
އަދި ކޮމިޝަނުގެ ސަމާލުކަމަށް ކަމެއް އައުމުން ނުވަތަ މީހަކު ޝަކުވާއެއް ހުށަހަޅައިފި ނަމަ، އެކަމެއް ބެލުމަކީ ކޮމިޝަނަށް އިހުތިޔާރެއް އޮތް ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނީ ގޮތުން ކުރަން ލާޒިމުކުރާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ކެމްޕޭން ކުރުން މަނާ ގަޑި ކަމަށްވާ މިއަދު ހަވީރު 6:00 ގެ ފަހުން، ރައީސް މުއިއްޒުގެ ރަސްމީ ފޭސްބުކް ޕޭޖުން ކެމްޕޭން ޕޯސްޓެއް ކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން ހަވީރު 6:08 ގައި އެމަނިކުފާނު ޕޯސްޓެއް ކުރައްވާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ރާއްޖޭގެ އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާގޮތުން، ވޯޓުލާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓުލާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެއްވެސް ބާވަތެއްގެ ކެމްޕޭން ހަރަކާތެއް ހިންގުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު