އިންތިޚާބުތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
އެޗް.އާރު.ސީ.އެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ މިގޮތަށް އިލްތިމާސް ކުރެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޗް.އާރު.ސީ.އެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، އިންތިޚާބުތަކުގައި ބައިވެރިވެ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށެވެ. އަދި މި ޙައްޤު ފުރިހަމައަށް އަދާކުރުމަކީ ޤައުމުގެ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކޮންމެ ރައްޔިތަކުވެސް އުފުލަންޖެހޭ އެންމެ މުހިންމު ޒިންމާކަން ޑރ. ރަމީލާ ފާހަގަކުރެއްވިއެވެ.
ނުފޫޒެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސްކަން ފާހަގަކުރައްވައި ޑރ. ރަމީލާ ވިދާޅުވީ، ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށެވެ.
އަދި ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ހަމަނުޖެހުމެއް ނުވަތަ ފިތުނައެއް ނުއުފެއްދުމަށްވެސް އެޗްއާރްސީއެމުން ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރަށްވާފައެވެ.
ވޯޓުލުމުގެ މަރުޙަލާގެ ތެރޭގައާއި، ނަތީޖާ އިޢުލާން ކުރުމަށްފަހުވެސް މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުމަކީ ނުހަނު މުހިންމު ކަމެއްކަން އެޗް.އާރު.ސީ.އެމްގެ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އިޙްތިރާމްގެ ސިފަތައް ކުރިއަށް ނެރުމަށާއި، އިންތިޚާބާ ގުޅުންހުރި އެއްވެސް ކަމެއްގައި ދެބަސްވުމެއް އުފެދިއްޖެނަމަ، އެކަމަކަށް ޤާނޫނީ އިމުގެ ތެރެއިން ޞުލްޙަވެރިކަމާއެކު ޙައްލު ހޯދުމަށް ޑރ. ރަމީލާ ވަނީ ނަޞޭޙަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު