ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް އޮތް ކަމަށް ތުހުމަތުކުރަށްވައި، ކުރިއަށް އޮތް އިންތިޚާބުގައި އެމަނިކުފާނަށް ނޫނެކޭ ބުނުމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ގޮވާލައްވައިފިއެވެ.

މަލީހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގަމުންދާ ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވަންޖެހޭ ކަމަށެވެ. އަދި މާދަމާ އޮންނަ ވޯޓަކީ މިކަމަށް ނިމުމެއް ގެނައުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މަލީހްގެ ޕޯސްޓުގައި ވަނީ ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި، ރައީސް މުއިއްޒާއި މެޑަމް ސާޖިދާ ނޫން ގޮތެއް ރައްޔިތުން ހޯދަންޖެހޭ ކަމަށެވެ.

ހަމައެއާއެކު މަލީހް ވިދާޅުވީ ކޮރަޕްޝަނަށް ފުރުސަތު ނުދިނުމަށްޓަކައި ވޯޓުލާއިރު ވިސްނުންތެރިކަން އިސްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މަލީހް މިފަދަ ބަހުގެ ހަމަލާތަކެއް ސަރުކާރަށް އަމާޒުކުރަށްވާފައި މިވަނީ، ސަރުކާރުގެ އެކި މަޝްރޫއުތަކާއި ކަންކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން މީގެ ކުރިން ވަނީ މިފަދަ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު