ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި މާފުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާޢީލް (އިބްރާ) ސުވާލު އުފައްދަވައިފިއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ، ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކަކީ ބޮޑެތި ލޯނުތައް ނަގައިގެން ބިނާކޮށްފައިވާ ތަންތަން ކަމަށެވެ. އަދި ސަރުކާރުން އެ ތަންތަނުގެ ކުލި މާފުކޮށްދިން ނަމަވެސް، އެ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތައް ދެއްކުން ހުއްޓާ ނުލެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އިބްރާ ވިދާޅުވީ، މި ލޯނުތައް އަނބުރާ ދައްކަން ޖެހެނީ ފްލެޓާއި ގޯތި ނުލިބި ތިބި އާންމު ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިން ކަމަށެވެ.
"މިއީވެސް ހަމަ އިންޞާފު ހެއްޔެވެ؟ މަވެސް ހަމަ އެކަމާ އުފަލުން ދުވަންވީ ހެއްޔެވެ؟ މަގޭ ބޯހިޔާކުރާނެ ގޮތެއްނެތި، މަކުރާ މަސައްކަތުން އެހެން ބައެއްގެ ގެދޮރަށް ފައިސާދައްކާއިރު، އެތަނުގެ ވެރިންތިބީ މަކަހަލަ އަނެކަކު އަތުން ކުލި ނަގައިގެން، ސަރުކާރަށް ކުލިނުދައްކައެވެ." އިބްރާ ވިދާޅުވިއެވެ.
އިބްރާ މިމޭރުމުން ފާޑުވިދާޅުވެފައި މިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދާދިފަހުން ކަނޑާލުމާ ގުޅިގެންނެވެ.
އެޗްޑީސީން ފްލެޓްތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައިވަނީ، ފްލެޓްތަކުގެ ފިނިޝިންއަށް ކަނޑައަޅާފައިވާ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުން، ނުދައްކާ ހުރި ކުލި އުނިކުރަން ނިންމާފައިވާ ކަމަށެވެ. އެޗްޑީސީގެ ނިންމުމުގައިވަނީ، ކުލީގެ ގޮތުގައި ދައްކަންޖެހޭ ބާކީ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓް ހަމަވަންދެން މަހަކު ދައްކަންޖެހޭ 5،300 ރުފިޔާ ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
މީގެ މާނައަކީ މެނޭޖްމަންޓް ފީ ދެއްކި ނަމަވެސް، ހިޔާ ފްލެޓްތަކުގެ ކުލި ދެން ދައްކަން ފަށަން ޖެހޭނީ 1 މެއި 2028 ގައެވެ. އަދި ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓް ހަމަވުމުން، ފްލެޓްގެ އަގު ހަމަވަންދެން މަހު ކުއްޔަކީ 5،300 ރުފިޔާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މީގެ ކުރިންވެސް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ޖޫރިމަނާ މާފުކުރުމާއި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލި 20 އިންސައްތައަށް ކުޑަކުރުމުގެ އިތުރުން، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ބޮޑުތަނުން ކުޑަކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު