ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އޭގެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބޭނެ ވަކި ފައިދާއެއް ނޯންނާނެ ކަމަށް ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ބަޖެޓުން 200 އާއި 300 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމެއް ކަމަށެވެ. އަދި މިކަމަކީ ގައުމީ މަސްލަހަތު ހިމެނޭ ކަމަކަށް ވާއިރު، އިދިކޮޅު އެމްޑީޕީން މިކަން ސިޔާސީ ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މަހްލޫފް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އެމްޑީޕީން ވަނީ ހުރިހާ އިންތިހާބުތަކެއް އެއްކޮށް ބޭއްވުމަށް ތާއީދުކޮށްފައެވެ. ނަމަވެސް ރައީސް މުއިއްޒު އެކަން އިއުލާނު ކުރެއްވުމާއެކު އެ ޕާޓީގެ ސްޓޭންޑް ބަދަލުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ތާރީހަށް އަލިއަޅުވާލައްވަމުން މަހްލޫފް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ގުޅޭގޮތުން ވޯޓުލެވުނު އިރުވެސް ސިޔާސީ ޕާޓީތަކުން އަމަލުކުރީ ވާދަވެރިކަމުގެ ރޫހުގައި ކަމަށެވެ. އެގޮތުން އޭރު އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދުކުރަން ނިންމީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން މަޖިލިސް އިންތިހާބުގައި ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވެ، ރައްޔިތުން އެދޭ ފަދަ ގާބިލް މީހުން ހޮވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި 95 އިންސައްތަ މީހުން ވޯޓުލާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މަދު ވޯޓުކޮޅަކުން މެންބަރުން ހޮވޭ ހޮވުން ނިމުމަކަށް އައުމަކީ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
އެހެންކަމުން މިކަމުގައި ނާކާމިޔާބީއެއް ލިބިއްޖެނަމަ، އޭގެ ގެއްލުން ކުރިމަތިވާނީ ރައީސަށް ނޫން ކަމަށާއި، އެއީ މުޅި ގައުމަށް ލިބޭނެ ގެއްލުމެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު