ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ 6 ރަށެއްގައި އާ ބްރާންޗްތަކެއް މިރޭ އިފްތިތާހުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އާ ބްރާންޗްތައް ގާއިމުކުރެވުނު ރަށްތަކަކީ:
1:ހދ. ހަނިމާދޫ
2:އއ. ތޮއްޑޫ
3:ތ. ވިލުފުށި
4:ސ. ހުޅުދޫ
5:ލ. ހިތަދޫ
6:ހދ. ކުޅުދުއްފުށި (ބިޒްނަސް ސެންޓަރު)
މީގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވުނު މަރުކަޒަކީ ޚާއްޞަކޮށް ވިޔަފާރިތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކުރި ބިޒްނަސް ސެންޓަރެކެވެ. މި ހުރިހާ ތަނަކުންވެސް މާދަމާއިން ފެށިގެން ރަސްމީކޮށް ޚިދުމަތް ދޭން ފަށާނެއެވެ.
ބޭންކުން ކުރިންވެސް އިއުލާންކޮށްފައިވާ ފަދައިން، މި ބްރާންޗްތަކުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމެވެ. މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ޓެކްނޮލޮޖީގެ ގޮތުން ކަންކަން ކުރިއަރައި ޑިޖިޓަލްވަމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން ކުޑަވުމަކީ ބޭންކުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން، މި ބްރާންޗްތަކުގެ މުވައްޒަފުންނަކީ ހަމައެކަނި އޮފީސް ތެރޭގައި ތިބޭނެ ބައެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެ މުވައްޒަފުންގެ މައިގަނޑު ޒިންމާއަކީ ގޭގެއަށާއި ވިޔަފާރިތަކަށް ޒިޔާރަތްކޮށް، ކަސްޓަމަރުންނާ ބައްދަލުކުރުން. ބްރާންޗް ހުންނަ ރަށުގެ އިތުރުން ކައިރި ރަށްރަށަށް ދަތުރުކޮށް ބޭންކުގެ އުފެއްދުންތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން. މީގެ އިތުރުން، މާލީ ކަންކަމަށް އަހުލުވެރިކުރުވުމާއި، ސްކޭމްތަކުން ރައްކާތެރިވުމަށް ބޭނުންވާ މަޢުލޫމާތު ދިނުމަކީވެސް އެ މުވައްޒަފުންގެ މަސައްކަތެއް. ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްވަމުން ދިޔަ ނަމަވެސް، އަޅުގަނޑުމެން މިތިބީ ކަސްޓަމަރުންނާ ގާތުން ޚިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވެގެން،" ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު