ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން 2026 ވަނަ އަހަރުގެ މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ރަސްމީކޮށް މިއަދު ހުޅުވާލައިފިއެވެ.
މި ލޯނު ސްކީމް އިފްތިތާހުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަހުމަދެވެ. މި ލޯނުގެ ދަށުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 އިން ފެށިގެން ފެންވަރު 10 އާ ހަމައަށް ހުރި ޕްރޮގްރާމްތަކުގެ އިތުރުން، ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމްތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަން އަދި ފެލޯޝިޕް ޕްރޮގްރާމްތަކަށް ވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ ލޯނު ސްކީމަށް ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ، ލޯނަށް އެދި ހުށަހެޅުމަށް ވަކި ސުންގަޑިއެއް ކަނޑައަޅާފައި ނެތުމެވެ. އެގޮތުން މުޅި އަހަރު ދުވަހު ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ވަކި މުއްދަތެއްގެ ތެރޭގައި ލޯނަށް ނޭދެވިގެން ދަރިވަރުންނަށް ލިބޭ ފުރުސަތުތައް ގެއްލިގެންދާ ދިއުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ. މީގެ އިތުރުން، ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު ލޯނު ދޭނެ ސްލޮޓްތަކުގެ އަދަދު ކަނޑަނާޅައި، ގިނަ ދާއިރާތަކަކުން ލޯނަށް އެދުމުގެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ. ޚާއްޞަކޮށް ޓްރޭނިން ނީޑްސް ލިސްޓުގައި ހިމެނޭ ހައިލީ ޓެކްނިކަލް ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް، ޝަރުތު ހަމަވާނަމަ ލޯނު ލިބޭނެކަމުގެ ޔަގީންކަން މި އުސޫލުގެ ދަށުން ލިބިގެންދާނެއެވެ.
ލޯނު ދޫކުރުމުގެ އިދާރީ އުސޫލުތަކަށް ބަލާއިރު، ކުރިން އޮންނަ "އަލަށް ކިޔަވަން ފަށާ ދަރިވަރުން" އަދި "އޮންގޮއިން" ކެޓެގަރީތައް އުނިކޮށް، ހުރިހާ ދަރިވަރުންވެސް އެޕްލިކޭޝަން ހުށަހަޅާނީ އެއް ކެޓެގަރީއަކަށެވެ. މީގެ ސަބަބުން ނުބައި ކެޓެގަރީއަކަށް ފޯމު ހުށަހެޅިގެން ޑިސްކޮލިފައިވުން ފަދަ މައްސަލަތައް ހައްލުވެ، އެޕްލިކޭޝަން ހުށަހެޅުމަށް ބޮޑު ފަސޭހައެއް ލިބޭނެއެވެ. އަދި ލޯނަށް އެދި ހުށަހަޅާއިރު ޕްލޭސްމަންޓާއި ފީގެ ތަފްސީލު ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖެއްސީ، އެޕްލިކޭޝަންތައް އަވަހަށް ވަޒަންކޮށް، ފައިސާ ދޫކުރުމުގެ ކަންކަން ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށެވެ. ލޯނަށް އެދި ހުށަހަޅަން ޖެހޭނީ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.
މީގެ އިތުރުން، ދަރިވަރުންނަށް ކުރިމަތިވާ މާލީ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ކަމަކާ ހުރެ ކިޔެވުން ފުރިހަމަނުކުރެވިއްޖެނަމަ، އިތުރު މާލީ އެހީގެ ގޮތުގައި "ޓޮޕްއަޕް" ލޯނު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ފުރިހަމަކުރަންޖެހޭ އިންޓާންޝިޕްތަކަށް ވެސް ލޯނު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކިޔެވުމަށް ދާނެ ގައުމު އިހުތިޔާރު ކުރުމުގައި ދަރިވަރުންނަށް ފުރިހަމަ މިނިވަންކަން ދީފައިވާއިރު، ހުރިހާ ހަރަދެއް ލޯނުގައި ހިމަނައިގެން ދޭ ގައުމުތަކާއި އެ ނޫން ގައުމުތަކުގެ ހަރަދުތައް އަޅާކިޔައި، ދަރިވަރަށް ތަކުލީފު ކުޑަވާނެ ގޮތަކަށް ފައިސާ ހަމަޖައްސައިދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މި ލޯނުތަކަކީ އެއްވެސް އެޑްމިނިސްޓްރޭޓިވް ޗާޖެއް ނުވަތަ ކޮމިޝަނެއް ނުނަގާ، ފުރިހަމައަށް "ޝަރީއާ ކޮންޕްލައަންޓް" ލޯނުތަކެކެވެ. މީގެ މާނައަކީ ދަރިވަރުން އަނބުރާ ދައްކަން ޖެހޭނީ ހަމައެކަނި އެ ދަރިވަރަކަށް ދޫކުރި ފައިސާގެ އަދަދު އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު