ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އެމްޑީޕީން މިހާރުވެސް ކާމިޔާބުކޮށްފިކަން ސަރުކާރަށް އެނގޭނެ ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އީވާ ވިދާޅުވީ، އައްޑޫ، ހުވަދޫ އަދި ފުވައްމުލަކަށް ކުރެއްވި ޒިޔާރަތްތަކުން ރައްޔިތުންގެ ތާއީދު އޮތް ގޮތް ވަރަށް ސާފުވެފައިވާ ކަމަށާއި، ސަރުކާރުން އަމިއްލައަށް ބާއްވަން އުޅޭ ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ބަލިވެފައިވާކަން ހާމަވާ ކަމަށެވެ.
އީވާގެ ވާހަކަފުޅުގައި، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުގެ ސަބަބުން، ސަރުކާރަށް ދޭނެ ވޯޓެއް ނެތްކަން މުޅި ރާއްޖެއިން ފެންނަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ފުވައްމުލަކަށް ވީ ވައުދުތައް ކަމަށްވާ ޑިކޯ ޗެމްބަރާއި، އެއާޕޯޓު ތަރައްގީކުރުމާއި، ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުން ފަދަ އެއްވެސް ކަމެއް ހަގީގަތަކަށް ވެފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގައުމުގެ މާލީ ހާލަތު ގޯސްވެ، ބޮޑެތި ދަރަނިތައް ދައްކަން ޖެހިފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ބޭކާރު އިސްރާފު ކުރަމުންދާ ކަމަށް އީވާ ތުހުމަތުކުރެއްވިއެވެ.
މުސްލިމުންނަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތްތަކަށް ބެލުމެއް ނެތި، ބޮކިފަތި ދިއްލުމާއި ކެމްޕޭން ކަންކަމަށް ހަރަދުކުރާ ސަރުކާރަކަށް އިތުރު ބާރުތަކެއް ދޭން ރައްޔިތުން ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އޭޕްރީލް 4 ގައި އޮންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް އިލްތިމާސް ކުރައްވަމުން، އެމްޑީޕީގެ މިސްރާބު މިހާރު ހުރީ 2028 ގެ ރިޔާސީ އިންތިހާބަށް ކަމަށް އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު