ކަރަންފުލަކީ ދިވެހިންގެ ކާނާގެ ބާވަތްތަކާއި ބޭސްވެރިކަމުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ވަރަށް މުހިންމު ބާވަތެކެވެ. މިއީ ހަމައެކަނި ކާތަކެތީގެ ރަހަޔާއި ވަސް ގެނެސްދޭ އެއްޗެއް ނޫނެވެ. ދާދި ފަހުން ކުރެވުނު ދިރާސާތަކުންނާއި މީހުންގެ ތަޖުރިބާތަކުން އެނގޭ ގޮތުގައި، ކަރަންފޫ ފެނަކީ ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ ބުއިމެކެވެ. ޚާއްޞަކޮށް ބަނޑުހަރުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ބަރުދަން ލުއިކުރުމަށް މިއީ ވަރަށް ފައިދާހުރި އެއްޗެއްކަމަށް ބެލެވެއެވެ.
ބަނޑުހަރުވުމުގެ މައްސަލައަކީ ގިނަ ބަޔަކަށް ދިމާވާ އުނދަގޫ ކަމެކެވެ. ކަރަންފޫގައި ހިމެނޭ ފައިބަރާއި އެހެނިހެން މާއްދާތަކުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ހަރުދަނާކޮށްދެއެވެ. ކަރަންފޫ ފެން ބުއިމުން ގޮހޮރުގެ ހަރަކާތްތައް އަވަސްކޮށްދީ، ބަނޑު ހަރުވުމުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. އަދި ބަނޑުގައި ގޭސް އުފެދުމާއި، ބަނޑު ފުއްޕުން ފަދަ އުނދަގޫތަކުން ދުރުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ސާފުކޮށްދިނުމަށް މި ފެން ބޭނުންކުރެވިދާނެއެވެ.
ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް ކަރަންފޫ ފެނަކީ ރަނގަޅު ބުއިމެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ހަކަތަ އުފައްދާ މިންވަރު އިތުރުކޮށްދެއެވެ. މެޓަބޮލިޒަމް ރަނގަޅުވުމަކީ ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލާއި ސަރުބީ ވިރުވައިލުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، ކަރަންފޫ ފެނަކީ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް އެހީވާ 'ޑިޓޮކްސް' ބުއިމެއްގެ ގޮތުގައިވެސް ބޭނުންކުރެވެއެވެ.
ވިދިވިދިގެން 10 ދުވަހު ކަރަންފޫ ފެން ބޮއެފިނަމަ ހަށިގަނޑަށް ފާހަގަކުރެވޭ ބަދަލުތަކެއް އާދެއެވެ. ފުރަތަމަ ކަމަކަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެގެންދެއެވެ. ކަރަންފުލަކީ އެންޓި-އޮކްސިޑެންޓްސް އާއި އެންޓި-ބެކްޓީރިއަލް ސިފަތައް އެކުލެވޭ އެއްޗަކަށް ވާތީ، މޫސުމީ ރޯގާތަކާއި ބަލިތަކުން ދުރުކޮށްދެއެވެ. އަދި ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށާއި، ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްވެސް މި ބުއިމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބެއެވެ.
ކަރަންފޫ ފެން ތައްޔާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ފެން ތައްޓަކަށް 2 ނުވަތަ 3 ކަރަންފޫ އަޅާފައި ބަހައްޓާށެވެ. އަދި ހެނދުނު ހޭލައިގެން ހުސްބަނޑާ ހުރެ އެ ފެން ބޯލާށެވެ. މިގޮތަށް އާދަކޮށް ބޯނަމަ، މަތީގައި ބަޔާންކުރެވުނު ސިއްހީ ފައިދާތައް ލިބިގެންދާނެއެވެ. ނަމަވެސް މާ ގިނައިން ކަރަންފޫ ބޭނުންކުރުމަކީ ބައެއް ފަރާތްތަކަށް ހަށިގަނޑަށް ނުބައި އަސަރުކޮށްފާނެ ކަމެއް ކަމުން، މިންގަނޑެއްގައި ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު