ރީކޯ މޫސަ
ރީކޯ މޫސަ
ރޭ ވެސްޓްޕާކް ސަރަހައްދުގައި އެމްޑީޕީން ބޭއްވި ކައުންސިލް ކެމްޕޭން ޖަލްސާގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އެ ސަރަހައްދުން ކަރަންޓް ކަނޑާލައިފިއެވެ.

ކުއްލި ގޮތަކަށް ކަރަންޓް ކެނޑުމުގެ ސަބަބުން ޖަލްސާގެ އަޑާއި އަލި ކެނޑުނު ނަމަވެސް، ޖަލްސާ މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވެއެވެ. ކަރަންޓް ކެނޑުނުއިރު މޫސާ މަނިކު ގެންދެވީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.





މި ހާދިސާއާ ގުޅިގެންވެސް އެމްޑީޕީގެ ސަޕޯޓަރުންގެ ފޯރިއަށް ބަދަލެއް ނައިސް، ކަރަންޓާ ނުލައިވެސް ޖަލްސާގެ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. އަދި އަޑުގަދަކުރާގެ އެހީތެރިކަމެއް ނެތިވެސް، އެއްވެފައި ތިބި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކަމުން ގޮސް ޖަލްސާ ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި ކަމާ ގުޅޭގޮތުން އެމްޑީޕީގެ ގިނަ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި، މިއީ ޖަލްސާއަށް ހުރަސްއެޅުމުގެ މަގުސަދުގައި ބަޔަކު ގަސްދުގައި ހިންގި އަމަލެކެވެ.



ކިޔުންތެރިންގެ ހިޔާލު