ފުވައްމުލަކު ސިޓީގައި މިރޭ ބާއްވަމުންދާ ބޮޑު ޖަލްސާ
ފުވައްމުލަކު ސިޓީގައި މިރޭ ބާއްވަމުންދާ ބޮޑު ޖަލްސާ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން ފުވައްމުލަކު ސިޓީގައި މިރޭ ބާއްވަމުންދާ ބޮޑު ޖަލްސާ ފުރިބާރުވެ، ޖާގަ ނެތުމުގެ ސަބަބުން ގިނަ ބަޔަކު ކޮޅަށް ތިބެން ޖެހިއްޖެއެވެ. މިރޭގެ މި ކެމްޕޭން ހަރަކާތަކީ ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވަމުންދާ، ވަރަށް ފޯރިގަދަ ޖަލްސާއެކެވެ.

މި ޖަލްސާގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ޕާޓީގެ އިސް ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަމުންދެއެވެ. ޖަލްސާގެ ތެރެއިން ފެންނަ މަންޒަރުތަކަށް ބަލާއިރު، ޖަލްސާ ބާއްވާ ސަރަހައްދު އެއްކޮށް ފުރިފައިވާއިރު، އެމްޑީޕީގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ދެމުންނެވެ.



ފުވައްމުލަކުގައި ބާއްވާ އެމްޑީޕީގެ ޖަލްސާ


ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށްގެން ބާއްވާ މި ޖަލްސާގައި، ރައީސް ނަޝީދާއި ލީޑަޝިޕްގެ ބޭފުޅުން ފުވައްމުލަކުގެ ތަރައްޤީއަށާއި ލާމަރުކަޒީ ނިޒާމަށް އެމްޑީޕީން ގެންގުޅޭ ތަޞައްވުރު ހިއްސާކުރައްވާނެ ކަމަށް ބެލެވެއެވެ. ޖަލްސާގެ ފޯރި ގަދަވެފައިވަނީ، ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމު ރައްޔިތުން ކޮޅަށް ތިބެގެންވެސް ޖަލްސާގައި ބައިވެރިވަމުންދާތީއެވެ.



ކިޔުންތެރިންގެ ހިޔާލު