ވ. ފެލިދޫ ކައިރިން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބަންޑުން ޖަހާލި ލޯންޗުގެ ހާދިސާ ހިނގި ސަރަހައްދު ކަނޑު އަޑިން އިންސާނެއްގެ އަތެއް ބުރިވެފައިވަނިކޮށް ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފެލިދޫ "ޝާކް ޕޮއިންޓް" ސަރަހައްދަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށް، އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން މިއަދު ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މި ގުނަވަން ފެނިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ލޯންޗެއް ބަންޑުން ޖަހާލި ސަރަހައްދުން ކަމަށް ފުލުހުން ހާމަކުރިއެވެ. ޖުމްލަ ހަތް މީހުންނާއެކު ދަތުރުކުރި މި ލޯންޗު ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އެ ރޭ ދަންވަރު 01:15 ހާއިރުއެވެ. މި ލޯންޗަކީ ރޭސް ޖެހުމާއި ޑްރިފްޓް ކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހާދިސާ ހިނގި ރޭ އެ ލޯންޗު ގަޑިއަކު 75 މޭލުގެ ބާރުމިނުގައި ދުއްވާފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ލޯންޗުގައި ތިބީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.
ލޯންޗު ބަންޑުން ޖަހާލި ވަގުތު ފަސް މީހަކު ކަނޑަށް ވެއްޓުނު އިރު، އޭގެ ތެރޭގައި ހިމެނެނީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާގެ ދެ މީހެކެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު