ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލަނިކޮށް ސިނަމާލެ ބުރިޖު މަތިން ހުއްޓުވި ދެ ބިދޭސީއަކު، ޑީޕޯޓުކޮށްލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ޖާހިރު އާއި 36 އަހަރުގެ ސޮޖަން ކަމަށެވެ. މި ދެ މީހުން ހައްޔަރުކުރީ ބަނގުރާ ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ކޮންޓެއިނަރު ޖެޓީ ސަރަހައްދުން މާލެއަށް ބަނގުރާ ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ފޭސް 1 ގެ ފުލުހުންނާއި ހައިވޭ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މި ދެ މީހުން ބުރިޖު މަތިން ހުއްޓުވައި ފާސްކުރިއިރު، އެ މީހުންގެ އަތުން 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެއިތުރުން ފުލުހުން ބުނީ، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، މިހާރު އެ ދެ މީހުން ރާއްޖެއިން ފޮނުވާލުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންދާ މި ދަނޑިވަޅުގައި، މި މަހުގެ 11 ވަނަ ދުވަހުވެސް ވަނީ 40 ފުޅި ރަލާއި ގިނަ އަދަދެއްގެ ފައިސާއާއެކު ބަންގްލަދޭޝްގެ 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
އޭނާވެސް ޑީޕޯޓުކުރުމަށްޓަކައި އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. އޭގެއިތުރުން މި ސަރުކާރުން މިހާތަނަށް، ކުރަނގި އޮޕަރޭޝަންގެ ދަށުން 202،000 ބިދޭސީއެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 9،697 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު