ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
ޝުނާނާ ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، ރިފެރެންޑަމްގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރި އިރު، މި ވޯޓުގެ ފުރިހަމަ މަގުސަދަކީ ކޮބައިކަން އިލެކްޝަންސް ކޮމިޝަނަށް ވެސް ސާފުކޮށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި މި ވޯޓު ނެގުމުގައި ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތަކާ ދައުވާ ލިބޭ ފަރާތުން ހިލާފުވެފައިވާ ކަމަށާއި، މި ވޯޓު ނަގަނީ އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ކަންކަމަށް ބެލުމެއް ނެތި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ތާރީޚަށް ރިއާޔަތްކޮށްގެން ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ކަމަށް ބުނި ނަމަވެސް، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 ގައި ހަމަވާނެ ކަމަށް ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ ދުސްތޫރީ އޮނިގަނޑުން ބޭރުން ކަމަށް ޝުނާނާގެ ދައުވާގައިވެއެވެ.
އޭގެ އިތުރުން އިންތިޚާބަށް ކަނޑައަޅާފައިވާ މުއްދަތު ކުރުވުމަކީވެސް މި މައްސަލައިގައި އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް ޝުނާނާގެ މައްސަލާގައި ވެއެވެ. އެގޮތުން ފެބުރުވަރީ 16، 2026 ގައި އިންތިޚާބު އިއުލާންކޮށް، އޭޕްރީލް 4 ގައި ވޯޓުލުން ބާއްވަން ނިންމާފައިވާއިރު، އެއީ ގާތްގަނޑަކަށް 47 ދުވަހުގެ މުއްދަތެއް ކަމަށާއި، މިއީ ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި، އެކަށީގެންވާ ބަހުސްތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
އަދިހަމައެހެންމެ، ރިފެރެންޑަމާ ގުޅޭ މުހިންމު މައުލޫމާތާއި، ވޯޓު ކަރުދާހުގެ ނަމޫނާ އަދި ރިޔާސީ ޤަރާރު ފަދަ ތަކެތި އާންމުންނަށް ފަސޭހައިން ފެންނާނެ އިންތިޒާމެއް ނެތުމުގެ ސަބަބުން ވޯޓުލާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަކަމަށްވެސް ޝުނާނާ ވަނީ ފާހަގަކޮށްފައެވެ.
މި ސަބަބުތަކަށްޓަކައި، ޝުނާނާ ހައިކޯޓުގައި އެދިފައިވަނީ ރިފެރެންޑަމް ވޯޓު ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށެވެ. އަދި އެފަދަ އަމުރެއް ނެރެދެވެން ނެތް ހާލަތެއްގައި، ވޯޓުގެ ނަތީޖާ އިއުލާނުކުރުން ނުވަތަ އާންމުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށްވެސް ވަނީ އެދިފައެވެ.
ޝުނާނާ މިމައްސަލަ ހައިކޯޓަށް ހުށައަޅުއްވާފައިވާއިރު، ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ 8 ވަނަ އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމް އާއި ޤާނޫނީ ވަކީލް އައިކް އަހުމަދު އީސާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި، ރެފަރެންޑަމް ހުއްޓުވާނެ ޖާގައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު