މިނިވަން މުއައްސަސާތަކާއި ލާމަރުކަޒީ ނިޒާމަށް އޮތް ބާރުތައް ހަނިކުރަމުންދާ ދިއުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަނީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށާއި، ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމަށް ކަމަށެވެ.
ނަމަވެސް މިހާރު ފެންނަމުންދަނީ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރުތައް ސަރުކާރުން ހިފަހައްޓަމުންދާ މަންޒަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފައިސަލްގެ ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރުން އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުރި މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.
އެގޮތުން ކެބިނެޓުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރުމާއި، ބޭރުގެ މިޝަންތަކުގެ 50 އިންސައްތަ މަގާމުތަކަށް އަންހެނުން އައްޔަންކުރުމަކީ އަންހެނުންގެ ދައުރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 18 އަހަރުން މަތީގެ ކޮންމެ ޒުވާނަކަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމަކީ ޑިމޮކްރަސީގެ ތެރެއިން ޒުވާނުންގެ ބަސް އިއްވުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ، ކުޅުދުއްފުށީގެ ތަރައްގީއަށް އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ބީޗްތަކާއި، ޕާކްތަކުގެ އިތުރުން ޕަބްލިކް ލައިބްރަރީއެއް ގާއިމުކޮށް، ކައުންސިލްގެ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފައިސަލް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގައި ވޯޓު ދިނުމަކީ ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުން ވޯޓުލުމަށް ބާރުއަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު