ކުޅުދުއްފުށި ސިޓީގެ މޭޔަރ ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު އާޠިފް، މިހާރުގެ ސަރުކާރުން ކުޅުދުއްފުށީގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވައި، ލާމަރުކަޒީ ނިޒާމަށް ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިރޭ ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން އާޠިފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި، ކައުންސިލްތަކަށް ބަޖެޓުގެ ފަސް އިންސައްތަ ދިނުމަށް ޤާނޫނުގައި ލިޔުނީވެސް އެމްޑީޕީން ކަމަށެވެ.
ނަމަވެސް މިއަދު ފެންނަނީ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، މުވައްޒަފުން ނެގުމަށް ހުރަސްއަޅައި، ކައުންސިލްތަކަށް ދޭންޖެހޭ ފައިސާއަކީ ރައީސް ދެއްވާ ދީލަތި އެހީއެއްގެ ގޮތުގައި ދައްކަން އުޅޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އާޠިފް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި ފަށާފައިވާ ހައުސިންގ މަޝްރޫޢުތަކާއި، މަގުހެދުމުގެ މަސައްކަތްތަކުގެ އިތުރުން ސްކޫލްތަކުގެ ޢިމާރާތްތަކުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހިންގުން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން ޞިއްޙީ ޚިދުމަތްތައް 20 އަހަރު ފަހަތަށް ގޮސްފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ނިންމާފައިވާ 20 މެގަވޮޓްގެ އިންޖީނުގެ ފަދަ ވަސީލަތްތައް ބޭނުންނުކޮށް ވީރާނާވާން ދޫކޮށްލާފައިވާ ކަމަށާއި، އަސާސީ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުން ބޮޑެތި ތަކުލީފުތައް އުފުލަމުންދާ ކަމަށް އާޠިފް ވިދާޅުވިއެވެ.
އާޠިފް ވަނީ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ރައްޔިތުން ނުކުމެ، މި ސަރުކާރުގެ އިހުމާލުތަކާ ދެކޮޅަށް "ސާފު މެސެޖެއް" ދިނުމަށް ގޮވައިލައްވާފައެވެ. އަދި ލާމަރުކަޒީ ނިޒާމު ދިފާޢުކުރުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު