ދިވެހިރާއްޖޭގެ މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށް، އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ސަރުކާރުން ދެމުން އަންނަ "ހައި އެޗީވާސް ސްކޮލަޝިޕް" ދިނުމުގެ އުސޫލަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލަކީ ދަރިވަރުންގެ ތައުލީމީ ފެންވަރު އިތުރަށް މަތިކޮށް، ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގައި، ހައި އެޗީވާސް ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުތަކުން ފަސް މާއްދާއިން 'އޭ' ގްރޭޑް ހޯދާ ދަރިވަރުންނަށެވެ. ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މިހާރު މި ސްކޮލަޝިޕް ލިބޭނީ އޭލެވެލް އިމްތިހާނުން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދައިގެންނެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އައު އުސޫލުގައިވާ ގޮތުން، ހައި އެޗީވާސް ސްކޮލަޝިޕް ކަށަވަރުކުރުމަށްޓަކައި އޭލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ތިން މާއްދާއިން 'އޭ' ހޯދަންޖެހެއެވެ. މީގެ އިތުރުން، އެޗްއެސްސީ އިސްލާމާއި ދިވެހީގެ ތެރެއިން އެއް މާއްދާއިން 'އޭ ސްޓާ' ހޯދައި، އަނެއް މާއްދާއިން 'އޭ' ފާސް ލިބުމާއެކު ޖުމުލަ ހަތަރު މާއްދާއިން 'އޭ' ފާސް ލިބެންޖެހޭނެއެވެ.
ޢަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންނަށް ކުރިން އޮންނަނީ، ޝަހާދާ ސާނަވިއްޔާގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގެ ހުރިހާ މާއްދާއަކުން 'އޭ' ފާސް ހޯދުމުން، ހައި އެޗީވާސް ސްކޯލާޝިޕް ލިބޭ ގޮތަށެވެ. ނަމަވެސް، މިހާރު އެ ދަރިވަރުން ވެސް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މާއްދާތަކާއި އެޗްއެސްސީ ދިވެހި ހިމެނޭހެން، އެއިން އެއް މާއްދާއިން 'އޭ ސްޓާ' އަދި ބާކީ ހުރި މާއްދާތަކުން 'އޭ' ފާސް ހޯދަން ޖެހޭނެއެވެ.
މީގެ އިތުރުން، "ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް" ލިބޭނެ މިންގަނޑުވެސް އުސޫލުގައި ވަނީ ސާފުކޮށްދީފައެވެ. އެގޮތުން ރައީސް ދެއްވާ ސްކޮލަޝިޕް ލިބޭނީ އޭލެވެލް އިމްތިހާނުގައި، އެޗްއެސްސީ ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމލަ ފަސް މާއްދާއިން 'އޭ ސްޓާ' ހޯދައިގެންނެވެ. އަދި އޯލެވެލް ނުވަތަ އެއަށްވުރެ މަތީ އިމްތިހާނަކުން އިނގިރޭސި މާއްދާއިން 'ސީ' އަށް ވުރެ މަތީ ފާހެއް ލިބިފައި އޮންނަންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު