ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ދެ އިންތިހާބު އެއްކުރާކަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދެ އިންތިހާބު އެކީގައި "ވަގަށް ނަންގަވަން" ކަމަށެވެ. އަދި މިކަމަށް ފުރުސަތު ނުދިނުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މަލީހް އިތުރަށް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ތާއީދުކުރާ މަދު ފަރާތްތަކަކީ ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާ ހޯދުމުގެ ދަހިވެތިކަމުގައި އުޅޭ ފަރާތްތައް ކަމަށެވެ. އަދި އެއީ ސަރުކާރުން ބަދަލު ހޯދުމަށް މަސައްކަތްކުރާ މީހުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން މަލީހް ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި ގައުމުގެ ހާލަތު ރަނގަޅު ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޑޮލަރުގެ ރޭޓް ތިރިނުކުރެވުމާއި، ގައުމުގެ އަރަނި އިތުރު ނުކުރެވުމާއި، ކޮރަޕްޝަން މަދުނުކުރެވޭ ކަމުގެ އިތުރުން ސަރުކާރުގެ ހިންގުން ހަރުދަނާ ނުކުރެވޭ ކަމަށް އޭނާ ފާހަގަކު

ރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު