މަކަރާއި ހީލަތުގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސޮލައިމާން އާމިރު (24އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާއަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ފުލުހުން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖް އެނާލިސިސް ފޮޓޯ ރިޕޯޓާއި، ސައިކަލް ޑެލިވަރީ ނޯޓް ފޮޓޯ އާއި މައްސަލަ ހުށަހެޅިކަމުގެ ލިޔުމާއި އޭނާ ފޮނުވާފައިވާ ފޭކް ސްލިޕްގެ ފޮޓޯއާއި އޭނާގެ ވައިބާ މުއާމަލާތުގެ ސްކްރީންޝޮޓްތައް ހިމެނެއެވެ.
ކޯޓު އަމުރުގައި ބުނީ އޭނާ ބަންދު ކުރަން ނިންމީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި ފިލައިފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު