ޒަމާނުންސުރެ ކުޑަކުދިންނަށް ދެވޭ ނަސޭހަތަކީ ސިއްހީ ސަބަބުތަކަށްޓަކައި ޗޮކްލެޓާ ދުރުވުމެވެ. ނަމަވެސް، އެންމެ ފަހުގެ ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި، ވަކި ވައްތަރެއްގެ ޗޮކްލެޓަކީ ބަނޑުގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދޭނެ އެއްޗަކަށް ވެދާނެއެވެ. ޚާއްޞަކޮށް މޭބިސްކަދުރުގެ މާއްދާތައް ހިމަނައިގެން ތައްޔާރުކުރާ ޗޮކްލެޓަކީ ބަނޑުގެ ކެންސަރަށް މަގުފަހިކުރާ ބެކްޓީރިއާތައް ނައްތާލުމުގެ ބާރު ހުރި އެއްޗެއްކަން ސައިންސްވެރިން މިހާރު ވަނީ ހޯދާފާއެވެ.
ކެތޮލިކް ޔުނިވަރސިޓީ އޮފް މައުލޭގެ ޑރ. އިލިއާނާ ގޮންޒާލޭޒް އިސްކޮށް ހުންނަވައި ކުރިއަށްގެންދިޔަ މި ދިރާސާގައި، ލެބޯޓްރީ ތަހުލީލުތަކުން ދެއްކި ގޮތުގައި މޭބިސްކަދުރުގެ މާއްދާތައް ހިމެނޭ ޗޮކްލެޓަކީ އާދައިގެ ޗޮކްލެޓާ އަޅާބަލާއިރު ބަނޑުގައި ނުރައްކާތެރި ބެކްޓީރިއާ އާލާވުން ބޮޑުތަނުން ކުޑަކޮށްދޭ އެއްޗެކެވެ. މިއީ އަދި ލެބޯޓްރީ މަރުހަލާގައި ހުރި ހޯދުންތަކެއް ނަމަވެސް، މީގެ ސަބަބުން މުސްތަޤުބަލުގައި ޗޮކްލެޓަކީ ހަމައެކަނި ފޮނިކާއެއްޗެއްގެ ބަދަލުގައި، ސިއްހީ ގޮތުން ފައިދާހުރި "ފަންކްޝަނަލް ފުޑް" އަކަށް ބަދަލުވެގެންދާނެ ކަމުގެ އުއްމީދު ވަނީ އާވެފައެވެ.
މި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ 'ހެލިކޯބެކްޓަރ ޕައިލޯރީ' ކިޔާ ޖަރާސީމަކަށެވެ. މިއީ އާންމުކޮށް ގިނަ މީހުންގެ ބަނޑުގައި ހުންނަ، އަދި ބޭރުފުށުން އެއްވެސް އަލާމާތެއް ނުފެނި ބަނޑުގެ ދުލިފަށްތަކަށް ގެއްލުންދޭ ޖަރާސީމެކެވެ. މިއީ ބަނޑުގެ ކެންސަރު ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. އާންމުކޮށް މި ޖަރާސީމަށް އެންޓިބަޔޮޓިކް ބޭނުންކޮށްގެން ފަރުވާ ދިން ނަމަވެސް، މިހާރު މި ޖަރާސީމު އެންޓިބަޔޮޓިކަށް ނުގުޑުން އިތުރުވަމުންދާތީ، ކެއުންބުއިމުގެ ތެރެއިން މީގެ ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމަކަށް ވަނީ ވެފައެވެ.
މި ހޯދުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މޭބިސްކަދުރުން ވައިން އުފެއްދުމަށްފަހު އުކާލެވޭ ތޮށި ފަދަ ބައިތައް ބޭނުންކުރުމެވެ. އާންމުކޮށް އުކާލެވޭ މި ބައިތަކަކީ "ޕޮލީފެނޯލްސް" އިން މުއްސަނދިވެފައިވާ އެއްޗެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި އެންޓިއޮކްސިޑެންޓްތަކެއް އެކުލެވޭ، އަދި ޖަރާސީމާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިގެންވާ މާއްދާތަކެކެވެ. މި މާއްދާތައް ޗޮކްލެޓުގެ ތެރެއަށް އިތުރުކުރުމުން، ބެކްޓީރިއާ އާލާވުން މަޑުޖައްސާލައި، ބަނޑު ދުޅަވުމުން ރައްކާތެރިކޮށްދޭކަން ޖަނަވާރުން ބޭނުންކޮށްގެން ކުރި ދިރާސާތަކުން ވަނީ އެނގިފައެވެ.
މިކަމަށް ޗޮކްލެޓް އިޚްތިޔާރުކުރި ސަބަބަކީ މޭބިސްކަދުރުގެ މި މާއްދާތަކަކީ އަމިއްލައަށް ކެއުމަށް ވަރަށް ހިތި އެއްޗަކަށް ވާތީއެވެ. ޗޮކްލެޓުގެ ރަހައިގެ ސަބަބުން އެ ހިތިކަން ކެނޑިގެންދާއިރު، ޗޮކްލެޓަކީ ހަށިގަނޑުގެ ތެރޭގައި މަޑުމަޑުން ގިރިގެންދާ އެއްޗަކަށް ވާތީ، އެ މާއްދާތައް ބަނޑުގެ ތެރެއަށް ފޯރުކޮށްދިނުމަށް އެންމެ އެކަށޭނަ ވަސީލަތަކަށް ޗޮކްލެޓް ވެއެވެ.
ނަމަވެސް، ސިއްހީ މާހިރުން އިންޒާރު ދޭ ގޮތުގައި، މިއީ އަދި ކެންސަރުން ރައްކާތެރިވުމަށް އޮތް ފުރިހަމަ ހައްލެއް ނޫނެވެ. ބަނޑުގެ ސިއްހަތު ބިނާވެފައިވަނީ ކެއުންބުއިމުގެ އިތުރުން ދިރިއުޅުމުގެ އާދަކާދަތަކުގެ މައްޗަށެވެ. އަދި ހެލިކޯބެކްޓަރ ޕައިލޯރީ އަށް ދެވޭ އެންމެ އިތުބާރު ހުރި ފަރުވާއަކީ އަދިވެސް އެންޓިބަޔޮޓިކެވެ. އެހެންކަމުން، މި ޗޮކްލެޓަކީ އާންމުކޮށް ބޭނުންކުރުމަށް ރަނގަޅު އެއްޗެއްކަމަށް ނިންމުމުގެ ކުރިން، އިންސާނުންގެ ހަށިގަނޑުގައި މިކަން މަސައްކަތްކުރާ ގޮތުގެ އިތުރު ދިރާސާތައް ބޭނުންވާނެއެވެ.
މަސްދަރު: ނިއުސް18

ކިޔުންތެރިންގެ ހިޔާލު