ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 704 ފްލެޓްގެ އާބާތުރަ ފިލުވައި، މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހައުސިންގ ޑިވޮލްޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއާއި އެ ކޯޕަރޭޝަނާ ދެމެދު 24 މާރިޗު 2024 ގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހާ ޒިންމާތައް މިހާރު އެކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ މި ފްލެޓުތަކުގެ މެއިންޓެނެންސް މަސައްކަތްތައް އެ ކޯޕަރޭޝަނާ ހަވާލުވުމާ ގުޅިގެން، ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، އިމާރާތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް އެ އިއުލާނުގައިވެއެވެ.
އަދި މިއަދުން ފެށިގެން އެ 704 ފްލެޓަށް ދިމާވާ މެއިންޓެނެންސްގެ އެކި މައްސަލަތައް ހައްލުކުރުމަށް އެޗްޑީސީން މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން، އެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން މަރާމާތާ ގުޅޭ ކަންކަމުގައި އެޗްޑީސީގެ އެހީތެރިކަން ހޯދުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު