ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަމުން ގެންދެވި ފަދައިން "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު މަޖުބޫރުވެފައިވާ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އަމިއްލަފުޅު ޕާޓީ ކަމަށްވާ 'ޕީއެންއެފް' އިން ރޭ ބޭއްވި 'ޗަގޯސް ޖަލްސާ' ގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކޮންމެ ވެރިއަކު ވެސް ވިދާޅުވާ ވާހަކައެއް ސީރިއަސްކޮށް ނަގަން ޖެހޭނެ ކަމަށެވެ. އެގޮތުން ގައުމުގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރައްވައި ޔާމީން ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު ވިދާޅުވި ފަދައިން އަނެއް ދިވެހިރާއްޖެއަށް މިސްރާބު ޖަހަން މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ތެރޭގައި އުޅުއްވާފައި މިހާރު ވެސް ބަސް ވިދާޅުވާ، އެހެންނަމަވެސް ވަކިވެވަޑައިގެންފައި ހުންނެވި ރައީސެއް، ރައީސް ނަޝީދު ވިދާޅުވި ވާހަކައެއް އެއީ. މިހާރު އަހަރެމެން އެބަ ޖެހެއޭ އަނެއް ދިވެހިރާއްޖެ ހޯދަން. އެހެންވީމަ އަޅުގަނޑުމެން ވެސް އެބަ ޖެހޭ ދެއްތޯ އަނެއް ދިވެހިރާއްޖެއަށް މިސްރާބުޖަހަން." ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ ވާހަކަފުޅުގައި ރާއްޖޭގެ މިހާރުގެ ނިޒާމު ހިންގުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކާބަފައިންނާއި ގާނޫނުތަކުގެ މައްޗަށް ބިނާކޮށް އުފެއްދި ނިޒާމު ނުހިނގީ ނިޒާމުގެ މައްސަލައަކުން ނޫން ކަމަށާއި، އެކަން ހިންގަން ތިބި މީހުންގެ ގާބިލުކަން ނެތުމުން ކަމަށެވެ. އަދި ގައުމުގެ ހުރިހާ މުއައްސަސާތަކެއްގެ މަގުތައް "ވަން ވޭ" ވެފައިވާ ކަމަށް ސިފަކުރައްވަމުން، ރައްޔިތުންނަށް ފަރުވާއެއް ހޯދަން ދާނެ ތަނެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަކީ "ސަހަރޯ" އެއް ކަމަށާއި، އެއީ ކޮރަޕްޝަނަށް ވުރެ ބޮޑަށް ފުނޑިފައިވާ ތަނެއް ކަމަށެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުންނަށް އިޝާރާތްކުރައްވައި، ބާރު އޮތް އިރު ކަންކަން އިސްލާހު ނުކުރައްވައި މިއަދު ދައްކަވާ ވާހަކަތަކާމެދު ވެސް ރައީސް ޔާމީން ނުރުހުން ފާޅުކުރެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ދިން ނަމަވެސް ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ. އެހެންކަމުން، ޕީއެންސީ ނޫން ކޮންމެ ކެންޑިޑޭޓަކަށް އެމަނިކުފާނުގެ ތާއީދު އޮތް ކަމަށް ވިދާޅުވެ، ސަރުކާރު ކޯލިޝަނަށް ނޫނެކޭ ބުނުމަށް ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު