މަޒުހަބީ ތަފާތުވުންތަކާއި ތަޢައްޞުބުގެ ތެރެއަށް ރާއްޖޭގެ މުޖުތަމަޢު ވެއްޓިގެން ދިއުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ސުންނީ އަދި ޝީޢީ މަޒުހަބާ ގުޅޭގޮތުން ދިވެހި މުޖުތަމަޢުގައި ބަހުސްތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ކީރިތި ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ޤަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބި ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ އަބަދުވެސް އިސްލާމްދީނުގެ ވަސަޠީ (މެދުމިނުގެ) އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ އިންޝާ ﷲ. މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން އެދެން. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އިލްތިމާސްކުރަން،" ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، އެކި ފިރުޤާތަކުގެ ޢަޤީދާތައް އޭގެ ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަން މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢު ބައިބައިކޮށްލުމަށް ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވުމަށް ގޮވާލައްވަމުން، ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ ޢިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގަތެވެ.
މި ބަހުސް ރާއްޖޭގައި ގަދަވެފައިވަނީ، އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އީރާނުގެ މަޝްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ޚާއްޞަކޮށް، ދީނީ ޢިލްމުވެރިޔާ އަޙްމަދު ސަމީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން މި ބަހުސް ވަނީ އިތުރަށް ހޫނުވެފައެވެ. ސަމީރު ވިދާޅުވެފައިވަނީ އީރާނުގެ ދީނީ މުރުޝިދު ހުމައިނީ އާއި ހާމަނައީގެ ފޮތްތަކުން، އެ ބޭފުޅުންނަކީ ޞަޙާބީންނަށް ބަދުބަސް ބުނާ ޝީޢީ މަޒުހަބުގެ ބާޠިލް ޢަޤީދާގައި ތިބި ބައެއްކަން ކަށަވަރުވާ ކަމަށެވެ.
ނަމަވެސް، މި މައްސަލާގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ، ސުންނީ ނުވަތަ ޝީޢީގެ ނަމުގައި މުސްލިމުން ބައިބައިކުރަން މަސައްކަތް ކުރަނީ އިސްލާމްދީނުގެ އަދުއްވުން ކަމަށެވެ. އަދި އެ އެންމެންނަކީ ވެސް މުސްލިމުން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު