މޭޔަރ މުޙައްމަދު ޢާޠިފް
މޭޔަރ މުޙައްމަދު ޢާޠިފް
ކުޅުދުއްފުށި ސިޓީގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުން ބޭނުންވަނީ ސީދާ ރައްޔިތުންގެ ބަސް ކަމަށާއި، މާލޭގައި އިންނަ "ދޮގު ބޮނޑި" އެއްގެ ބަސް ރައްޔިތުން ބޭނުންނުވާ ކަމަށް އެ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި "ސިޔާސަތު ޖަލްސާ 1" ގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ނުދަންނަ އަދި އެ ނިޒާމު ޤަބޫލުނުކުރާ ބަޔަކު ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ރައްޔިތުން ތިބީ އެފަދަ ފަރާތްތަކަކަށް ވޯޓުދޭން ނޫން ކަމަށާއި، ރައްޔިތުންގެ އަސްލު ބޭނުމަކީ އަމިއްލަ ރަށުގައި ރައްޔިތުންގެ ބާރުވެރިކަން އޮތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މޭޔަރ ޢާޠިފް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ސާފު ސިޔާސަތުތަކަކާ އެކު އިންތިޚާބުތަކުގައި ވާދަކުރާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

އެގޮތުން "ސިޔާސަތު" ކަމަށް އެޕާޓީއިން ބަލަނީ ރައްޔިތުންގެ ގާތަށް ގޮސް، އެމީހުންގެ ދަތިތަކާއި ބޭނުންތައް އޮޅުންފިލުވައި، ޙާލަތު ބަދަލުކުރެވޭނެ ގޮތްތައް ދިރާސާކުރުމަށްފަހު އެކުލަވައިލާ ލިޔެކިޔުންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ކަންކަން ކުރެވޭނެ މަގުތައް ކަށަވަރުވުމުން އެކުލަވައިލާ އިތުބާރު ހުރި ރޭވުންތަކެއް ކަމަށްވެސް މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު