ރ. އުނގުލަށް އެރޭނީ ހަމައެކަނި އުނގޫފާރު މީހުންނަށް އެކަނި ކަމަށް އުނގޫފާރު ކައުންސިލުން ކަނޑައެޅި އެޅުން ބަދަލުކުރުމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު އަންގަވައިފިއެވެ.
ރ. އުނގުލަކީ ރ. އުނގޫފާރު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އުނގޫފާރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުމާ ގުޅިގެން، އުނގޫފާރު ކައުންސިލުން އިއްޔެ ނިންމާފައިވަނީ، އުނގުލަށް އަރާ ފޭބުމުގެ ހުއްދަ ދެވޭނީ ހަމައެކަނި އުނގޫފާރުގެ ރަށްވެހިންނަށާއި، އުނގޫފާރު މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އެ ފަރާތްތަކުގެ ދަރިންނަށް ކަމަށެވެ.
މި މައްސަލާގައި މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، އުނގުލަށް އެހެން ރަށްރަށުގެ މީހުންނަށް ނޭރޭ ގޮތަށް އުސޫލުތައް ކަނޑަނޭޅޭނެ ކަމަށެވެ. ނަމަވެސް، އެ ރަށަކީ ހިމާޔަތްކޮށް ބަލަހައްޓަންޖެހޭ ތަނަކަށް ވުމުން، އެ ރަށަށް އަރާ ފައިބާނެ ހަރުދަނާ އުސޫލެއް ކަނޑައެޅުން މުހިއްމު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ، އުނގޫފާރު ކައުންސިލްގެ އެ ނިންމުން ބަދަލުކުރުމަށް ކައުންސިލްގެ ރައީސަށް ގުޅުއްވައި މިހާރު އަންގަވާފައިވާނެ ކަމަށެވެ.
އުނގޫފާރު ކައުންސިލުން ކުރިން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ރ. އުނގުލަށް އަރާ ފޭބުމަކީ މަނާކަމެއް ކަމަށެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
އުނގޫފާރު ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން އުނގުލަށް އެރުމަށް ހުއްދަ ދެވޭނީ ކައުންސިލުން އާންމުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރާ ފަރާތްތަކަށެވެ. ގޫގުލް ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑި އަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.
ކައުންސިލްގެ މި ނިންމުމާ ގުޅިގެން ރ. އަތޮޅުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ބުނަނީ މިއީ ދިވެހި ރައްޔިތުންނަށް ރާއްޖޭގެ ރަށްރަށަށް ގޮސް އުޅުމަށް އޮންނަ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު