ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 70 އިންސައްތަ އިތުރަށް ޑޮލަރު ވިއްކާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ، ނިމިދިޔަ އަހަރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޖުމްލަ 564 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
ޝަރީފު ފާހަގަކުރެއްވި ގޮތުގައި، ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުން ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބޭންކުން ބޮޑު އިސްކަމެއް ދީފައިވެއެވެ. މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުގައި ކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު ވަނީ 524 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.
މީގެ އިތުރުން، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ވެސް ބޭންކުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ކުރިން ވިޔަފާރިތަކުން ހަދާ ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް ދޫކުރެވެނީ ބޭނުންވާ ފައިސާގެ އެންމެ 5 އިންސައްތަ ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އެ މިންވަރު ވަނީ 50 އިންސައްތައަށް އިތުރުކޮށްދީފައެވެ.
ސީއީއޯ ޝަރީފު ވިދާޅުވީ، ބޭންކުން ގެނައި މި ހެޔޮ ބަދަލުތަކުގެ ސަބަބުން ބޭންކުގެ ވިޔަފާރިއަށާއި، ރާއްޖޭގެ ވިޔަފާރިތަކަށް އަދި އާންމު ފަރުދުންނަށް ވެސް ނުހަނު ބޮޑެތި މަންފާތަކެއް ކުރަމުންދާ ކަމަށެވެ. މި ބަދަލުތަކަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރާއި ބޭންކުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު