ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ހިއްސާގެ އޮނިގަނޑަށް ގެންނަން ނިންމާފައިވާ ބަދަލުތަކަކީ، ހިއްސާގެ ބާޒާރަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައުޝަން ވިދާޅުވީ، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކުގެ ހިއްސާގެ އަގު އާންމުކޮށް އުޅެނީ 40 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގައި ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ ހިއްސާއެއްގެ އަގު ގާތްގަނޑަކަށް 800 ރުފިޔާގައި ހުރުމަކީ، އަލަށް ހިއްސާ ގަންނަން ބޭނުންވާ ޒުވާނަކަށް ނިސްބަތުން ބޮޑު އަދަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބޭންކުން މި ގެންނަ ބަދަލާއެކު އަގު ހެޔޮވެ، އާ އިންވެސްޓަރުންނަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އައުޝަން ވިދާޅުވިއެވެ.
ބީއެމްއެލްގެ ހިއްސާއަށް ގެންނަ ބަދަލުތައް:
- ބޯނަސް ހިއްސާ ދޫކުރުން: 18 މާރިޗު 2026 އާ ހަމައަށް ހިއްސާދާރުންގެ އަތުގައި ހުރި މޫނުމަތީ އަގުގެ 50 ރުފިޔާގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުން. މިއީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުމެވެ. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބި، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެއެވެ.
- ހިއްސާ ބައިކުރުން( 1:10 ރޭޝިއޯ): ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެއެވެ. އެހެންކަމުން، ކުރިން 100 ހިއްސާ އޮތް މީހަކަށް ބޯނަސް ހިއްސާއާއެކު ޖުމްލަ 3,000 ހިއްސާ ލިބޭނެއެވެ.
މި ބަދަލާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެއެވެ. ނަމަވެސް، މީގެ ސަބަބުން ހިއްސާދާރުންގެ އަތުގައިވާ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެއެވެ.
ބޭންކުން މި ބަދަލު ގެންނަނީ އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުމަށާއި، ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމަށެވެ. މީގެ އިތުރުން މާކެޓް ލިކުއިޑިޓީ ނުވަތަ ބާޒާރުގައި ހިއްސާގެ މުއާމަލާތްތައް ހިންގުން ފަސޭހަކުރުމާއި، މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުމަކީ ވެސް މީގެ މަގުސަދެކެވެ.
އައުޝަން އިތުރަށް ވިދާޅުވީ، ހިއްސާގެ ބާޒާރުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށްޓަކައި މިދިޔަ އަހަރު ޓްރޭޑިންގއާ ގުޅޭ ހުރިހާ ކަމެއް އޮންލައިން ކުރެވިފައިވާ ކަމަށެވެ. އަދި ހިއްސާ ގަނެވިއްކޭ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ 'އިންފިނިޓީ' އެޕް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ކޮންމެ އަހަރަކުވެސް ޒުވާނުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިފަހުރި އަދި މާކެޓަށް އިތުބާރު އޮތް ޒުވާން އިންވެސްޓަރުންގެ ޖީލެއް އުފެދިގެން އަސްލު މި މާކެޓް ކުރިއަށްއޮތްތަނުގައި ފުޅާ ކުރެވޭނީ،" އައުޝަން ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށް، ޑޮލަރުން ހިއްސާދާރުންނަށް އާމްދަނީ ލިބޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށްވެސް އައުޝަން ވިދާޅުވިއެވެ. އޭނާ ވަނީ ބީއެމްއެލްއިން މި ގެނައި ފަދަ ފަހި ބަދަލުތައް ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކުންވެސް ގެނައުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު