ދައުލަތުގެ ހަރަދުތައް ކުޑަކުރެވެން ހުރި ދާއިރާތަކުން އެ ފިޔަވަޅުތައް އެޅުމަކީ ގައުމުގެ ކުރިމަގަށް ނުހަނު މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދަވާ "ޑޯޓުޑޯ" ހަރަކާތުގެ ތެރެއިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވަނީ ގައުމުގެ އިގްތިސާދީ އަދި ސިޔާސީ މަސްރަހާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.
ޚާއްޞަކޮށް އިންތިހާބުތައް އެއްކޮށްލުމާއި ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ޖާބިރު ވިދާޅުވީ، އާސަންދަ ފަދަ އަސާސީ ހިދުމަތްތަކަކީ ބަދަލު ނުކުރެވޭނެ، ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ހިމެނޭ ކަންކަން ކަމަށެވެ.
ނަމަވެސް، އިދާރީ ގޮތުންނާއި އިންތިޒާމީ ގޮތުން ހަރަދު ކުޑަކުރެވެން ހުރި ކަންކަމުގައި އެ ފުރުސަތުގެ ބޭނުން ހިފަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ އިސްލާހީ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ މާލީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒުވާނުން ސިޔާސީ ދާއިރާއަށް ނުކުތުމަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، މީގެ ކުރިން ޒުވާނުންނަށް ގައުމީ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް ހަނިކޮށް އޮތް ނަމަވެސް، މިހާރު މަޖިލީހަށް ކުރިމަތިލުމަށް ޒުވާނުންނަށް ހުޅުވާލާފައިވާ ފުރުސަތަކީ ޒުވާނުން ބަލައިގަންނާނެ ކަމެއް ކަމަށެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުގައި ޒުވާނުންގެ ދައުރު އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފުރުސަތުތައް ފަހިކޮށްދެއްވާތީ ހުރިހާ ޒުވާނުން ވެސް ރައީސަށް މަރުހަބާ ކިޔަންޖެހޭނެ ކަމަށާއި، ޒުވާނުން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަންޖެހޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބުތައް މަދުވުމުން ސަރުކާރު ރައްޔިތުންނާ ދުރުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ އެއީ ކުށްހީއެއް ކަމަށެވެ. ރައްޔިތުންނާ ނުލައި ސަރުކާރެއް ނުހިނގާނެ ކަމަށާއި، އިންތިހާބުތައް ނެތް ނަމަވެސް ސަރުކާރުން އަބަދުވެސް ރައްޔިތުންގެ ގާތަށް ދާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަން ހާސިލްކުރުމަށްޓަކައި އެކި ފަންތިތަކުން މުއައްސަސާތައް ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ، ރައްޔިތުންގެ އަޑު އެހުމާއި ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަކީ ސަރުކާރުގެ އަސާސީ ޒިންމާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު