ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްވަރާތަކުގެ ތަފްސީލު ހާމަކޮށްފި ނަމަ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްވަރާތަކުގެ ތަފްސީލު ހާމަކޮށްފި ނަމަ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯއާއެކު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ކުރެއްވި މަޝްވަރާތައް ހާމަކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްވަރާތަކުގެ ތަފްސީލު ހާމަކޮށްފި ނަމަ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެއެވެ. ޓްރަމްޕްގެ އެޑްވައިޒަރު ގޯ ވަނީ ޣައްސާންގެ އިތުރުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ގައުމުގެ ގުޅުމާއި ސަރަހައްދީ ސަލާމަތީ މައްސަލަތަކާ ގުޅޭގޮތުންނެވެ.

މި ދަތުރުފުޅުގައި ރައީސް މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރެއްވުމަށް ވެސް ތާވަލުކުރެވުނެވެ. ނަމަވެސް، ރައީސް މުޢިއްޒު އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން ވާހަކަދެއްކެވުމާ ގުޅިގެން، ގޯ ވަނީ އެ ބައްދަލުވުން ކެންސަލް ކުރައްވައި ރާއްޖެއިން ފުރާވަޑައިގެންފައެވެ. ރައީސް ވިދާޅުވި ގޮތުގައި ހަނގުރާމައާ ގުޅޭގޮތުން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައިގެ ބޭނުމަށް ބޭނުންކުރަން ފުރުސަތު ނުދެއްވާނެއެވެ.

މީގެ އިތުރުން، ސާޖިއޯ ގޯ ރާއްޖޭގައި ހުންނަވަނިކޮށް ސޯޝަލް މީޑިއާގައި އޭނާ މަރާލަން ގޮވާލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ފޭސްބުކް އެކައުންޓަކުން ކުރި ޕޯސްޓެއްގައި އޭނާ އަކީ އެމެރިކާ މީހެއް ކަމަށް ބުނެ، އޭނާއަށް ހަމަލާދިނުމަށް ގޮވާލާފައިވެއެވެ. މި ހާދިސާތަކާ ގުޅިގެން ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް ވަނީ ނުތަނަވަސްކަން އައިސްފައެވެ.



ކިޔުންތެރިންގެ ހިޔާލު