ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ސަރަހައްދުގައި އެމްޑީޕީން ހަރުކޮށްފައި ހުރި ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީގެ ޔުނީފޯމުގައި ތިބި މުވައްޒަފުންތަކެއް ނިކުމެ އަންގާރަ ދުވަހު ނަގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ ޕިކަޕް ޖަލްސާތަކުގެ ތެރެއިން، އެ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ މެންބަރުން ދިޔަ ވަގުތުގައެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، އެމްޑީޕީގެ ބައިވެރިން އެ ސަރަހައްދަށް ދިޔައިރު އެމްޓީސީސީގެ އާދައިގެ މުވައްޒަފުންތަކެއް ދިޔައީ ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް އެ ޕާޓީން ހަރުކޮށްފައިވާ ބެނާތައް ނައްޓަމުންނެވެ.
އަދި އެ މަސައްކަތް ކުރަމުންދިޔައިރު، އެމްޓީސީސީގެ ސީނިއަރ ސުޕަވައިޒަރަކު އެތަނުގައި ހުރެ މުވައްޒަފުންނަށް އިރުޝާދު ދެމުންދިޔަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ އިސް ފަރާތްތަކުން ސުވާލު ކުރުމުން، އެމްޓީސީސީގެ ސުޕަވައިޒަރު ބުނެފައިވަނީ ބެނާ ކަނޑާލެވުނީ އޮޅުމަކުން ކަމަށެވެ.
ނަމަވެސް، އެ ސަރަހައްދުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ބެނާތައް ވެސް ހުރިއިރު، އޮޅުމަކުން ހަމައެކަނި އިދިކޮޅު ޕާޓީގެ ބެނާތައް ނެގުމުން އެމްޑީޕީން ވަނީ އެކަމުގެ ނިޔަތާ މެދު ސުވާލު އުފައްދާފައެވެ. މީގެ ކުރިން ވެސް އެޗްޑީސީގެ މުވައްޒަފުން މެދުވެރިކޮށް ހުޅުމާލޭގައި ހުރި އެމްޑީޕީގެ ކެމްޕެއިން ތަކެއްޗަށް ގެއްލުންދީފައިވާތީ އިދިކޮޅުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި، މިއިން ޒަމާނަކު ސަރުކާރަކުން ބޭނުންނުކުރާހާ ބާރު މި ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި ކެމްޕެއިނަށް ހުރަސްއެޅުމުގެ ގިނަ އަމަލުތަކެއް ކެނޑިނޭޅި ހިނގަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު