ދިވެހިރާއްޖޭގެ ހަކަތައިގެ ބޭނުންތައް ފުއްދުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 10 ބިލިއަން ރުފިޔާ ތެޔޮ އިމްޕޯޓް ކުރުމަށް ހޭދަކޮށްފައިވާ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީގެ 10 އިންސައްތަ ހޭދަވަނީ ތެޔޮ ގަތުމަށް ކަމަށެވެ. މިއީ ރާއްޖެއަކީ ހަކަތަ އުފެއްދުމަށްޓަކައި މުޅިންހެން އިމްޕޯޓްކުރާ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކަރަންޓުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓު އުފެއްދުމަށް 310 މެގަވޮޓުގެ ޖަނަރޭޓަރުތައް އިންސްޓޯލްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި 298 މެގަވޮޓު އަދި ސިނާއީ ރަށްތަކުގައި 30 މެގަވޮޓުގެ ކެޕޭސިޓީ ގާއިމުކުރެވިފައިވެއެވެ. މި ވަސީލަތްތައް މެދުވެރިކޮށް މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ދުވާލެއްގެ މައްޗަށް 7,965 ފީފާ ޑީސަލް ބޭނުންވާ ކަމަށާއި، މިއީ އަހަރަކަށް ބަލާއިރު 2.9 މިލިއަން ފީފާގެ ބޮޑު އަދަދެއްކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށްޓަކައި ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އިޔާދަކުރެވިނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޔާދަކުރެވިނިވި ހަކަތައިގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ބަދަލުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު