އީރާނު އަދި އެމެރިކާގެ ހަނގުރާމަ
އީރާނު އަދި އެމެރިކާގެ ހަނގުރާމަ
އީރާން އަދި އެމެރިމާގެ މެދުގައި ހަނގުރާމަ ނިންމާލުމަށް ސުލްހައިގެ މަޝްވަރާތަކެއް ކުރެވެމުން ދާކަމަށް ބުނެ، ޓްރަމްޕް ކުރެއްވި އެކްސް ޕޯސްޓު، އީރާނުން ދޮގުކުރައްވައިފިއެވެ. މި މައުލޫމާތުގެ ސައްހަކަން މެހްރު ނިއުސް އަދި އަލްޖަޒީރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޓްރަމްޕުގެ އެކްސް ޕޯސްޓުގައި ވާ ގޮތުގައި، އެމެރިކާ އަދި އީރާނާ ދެމެދު ސުލްގައިގެ މަޝްވަރާތަކެއް ކުރެވެމުން ދާތީ ކުރިއަށް އޮތް 5 ދުވަހު އެމެރިކާއިން އީރާނަށް ހަމަލާ އެއް ނުދޭނެއެވެ. މިއާ ގުޅިގެން އީރާނުން ބުނީ ޓްރަމްޕު އެ ހައްދަވަނީ ދޮގު ކަމަށާއި އީރާނުން އެމެރިކާއާ ސުލްހައިގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. އަދި މިއީ ޓްރަންޕު ކުރިން ވިދާޅުވި ގޮތަށް، އީރާނަށް ހަމަލާދޭން ނުކެރުނީމާ ދައްކާ ބަހަނާ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.



އެމެރިކާ އަދި އީރާން ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާ މިދަނޑިވަޅުގައިވެސް މެދުއިރުމަތީގައި ހަމަލާ ބަދަލުކުރުން އަދިވެސް ކުރިއަށެވެ. ސުލްހައިގެ މަޝްވަރާތަކޭ ކިއުއްވައި ޓްރަމްޕް ދެއްކެވި ވާހަކަތައް އީރާނުން ދޮގުކޮށްފައިވާއިރު، މެދުއިރުމަތީގެ މަޝްރަހާއި ގުޅޭގޮތުން މީސްމީޑިޔާގެ އެކި މަންސަތަކުގައި ފެތުރެމުންދާ ސައްހަނޫން ހަބަރުތައްވެސް ދަނީ ގިނަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު