ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާމެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތުމާ ގުޅިގެން، ރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު ހިނގަމުންދާ ގޮތާމެދު ނަފާ ނަސީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ނަސީމް މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރެފަރެންޑަމްގެ މައްސަލަ ބަލައިގަތުމަށްފަހު ދެން ހުކުމް ކުރުން ބާއްވާނީ އަންނަ އަހަރު ކަމަށާއި، މިހާރު މިއީ "ޒާލިމް ދައުލަތެއް" ކަމަށެވެ.
"ޚާއްސަކޮށް އަދުލުއިންސާފުގެ ދާއިރާގައި މީހުންގެ ހައްގުތައް ހިފަހައްޓައިގެން ވާނުވާ ޖަހައިގެން އެ ތިބެނީ." ނަސީމް ވިދާޅުވެފައިވެއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ. އެ ބޭފުޅުން ކޯޓަށް މައްސަލަ ހުށަހެޅީ އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރެފެރެންޑަމްގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަން ފާހަގަ ކުރަށްވަމުންނެވެ.
މި ރެފެރެންޑަމްގައި ރައްޔިތުންނާ ކުރުމަށް ފަރުމާ ކޮށްފައިވާ ސުވާލަކީ: "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިއެވެ.
މި މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުން ކަންކަން މި ސުވާލުގައި ހިމަނާފައިވާ ކަމަށެވެ. އަދި ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ރުހޭތޯ އާއި، އެ އިސްލާހުގެ ސަބަބުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާތީ އެކަމަށް ރައްޔިތުން ރުހޭތޯ ކަމަށް ވަކީލުން ފާހަގަކުރެއެވެ.
ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރަށްވައި މައްސަލަ ހުށައެޅުއްވި ވަކީލުންނަށް ފޮނުއްވި ލިޔުމުގައި ވަނީ، މި މައްސަލައަކީ އެ ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، މައްސަލަ ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު