ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު، އެއްވެސް އޮފިސަރަކު އެ މަގާމަށް ކުރިމަތިލާފައި ނުވާތީ އެ ފުރުސަތު އިތުރުކުރުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
މި މަހުގެ 5 ވަނަ ދުވަހު ހޯމް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކުތަކުގެ އޮފިސަރުންނަށެވެ. ނަމަވެސް، މިއަދު މެންދުރު 14:00 އަށް މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ފޯމު ހުށަހަޅާފައި ނުވާތީ، މިނިސްޓްރީން މިހާރު ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާ ހަމައަށް މުއްދަތު އިތުރުކޮށްފައެވެ.
ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ކުއްލި ގޮތަކަށް ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކު ރިޓަޔަރ ކުރެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއުވެސް ވަނީ މަގާމުން ރިޓަޔަރ ކުރަށްވާފައެވެ.
މި ވަގުތު ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ. ގާނޫނު އޮންނަ ގޮތުން ކޮމިޝަނަރުގެ މަގާމު ހުސްވާ ހާލަތްތަކުގައި އެ މަސްއޫލިއްޔަތު އުފުއްލަވަން ޖެހެނީ ޑެޕިއުޓީ ކޮމިޝަނަރެވެ. މިހާރު ފުލުހުންގެ މުއައްސަސާގައި ޑެޕިއުޓީ ކޮމިޝަނަރުގެ ރޭންކުގައި ހުންނެވީ ހަމައެކަނި ފަރުހާދެވެ.
އާ ކޮމިޝަނަރަކު އައްޔަންކުރުމުގެ މަރުހަލާ ކުރިއަށްދާނީ ހޯމް މިނިސްޓްރީން އިއުލާންކޮށް، ކުރިމަތިލާ އޮފިސަރުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުން ޕޮލިސް ބޯޑުން އިވެލުއޭޓް ކުރުމަށްފަހުގައެވެ.
މަގާމުން ރިޓަޔަރ ކުރެއްވި އިސްމާއީލް ނަވީންއަކީ ފުލުހުންގެ މުއައްސަސާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނަވީން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. އޭގެ ފަހުން ގާތްގަނޑަކަށް 32 އަހަރު ދުވަހު އޭނާ ވަނީ ފުލުހުންގެ އެކި ދާއިރާތަކުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާ ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެވުނީ 10 ޖޫން 2025 ގައެވެ.

ކިޔުންތެރިންގެ ހިޔާލު