ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ ބަސް ބުނުމަށް އޮތް ފުރުސަތުތައް ހަނިކުރުމުގެ ބަދަލުގައި، ސަރުކާރުގެ ސިޔާސީ ބިޔަ އިސްރާފުތައް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ގޮވާލައްވައިފިއެވެ.
ސަރުކާރުން އިސްނަގައިގެން އިންތިޚާބުތައް އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން، ވައްޑޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ ތިން އަހަރުގެ ބަޖެޓަކީ 176 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އާންމު ވޯޓެއް ނުވަތަ ރިފަރަންޑަމްއެއް ނެގުމަށް ހޭދަވަނީ މުޅި ބަޖެޓުގެ އެންމެ 0.02 އިންސައްތަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ޚަރަދު ކުޑަކުރަން ފުރަތަމަވެސް ބަންދުކުރަންޖެހެނީ ރައްޔިތުންގެ ބަސް ބުނުމުގެ ހަނި ޖާގައެއް ނޫން. ޚަރަދު ކުޑަކުރަންވީ ސަރުކާރުގެ ބިޔަ ސިޔާސީ އިސްރާފުގެ ތެރެއިން،" ވައްޑޭ ވިދާޅުވިއެވެ.
ސަރުކާރުން ބުނަމުންދަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނަށް ބަދަލު ގެންނަން އުޅެނީ ދައުލަތުގެ ޚަރަދުތައް ސަލާމަތްކުރުމަށް ކަމަށެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ޚަރަދު ކުޑަކުރުމަށް ކުރާ ކަމެއް ނޫނެވެ. އެކަމަކީ ވެރިކަމުގައި ތާ އަބަދު ދެމިތިބުމަށް މިސަރުކާރުން ކުރާ މަސައްކަތެއް ކަމުގައެވެ.
މިގޮތުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ އާ ވަޒީފާތައް އިއުލާން ކުރަމުންދާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. މިފަދަ ސިޔާސީ ބޭނުންތަކަށް ކުރާ ބޮޑެތި ޚަރަދުތައް ހުއްޓާނުލައި، އިންތިޚާބުތައް މަދުކުރުމުގެ ނަމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިދިކޮޅު ފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުމަކީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ މި ކަންކަމުގެ ފަހަތުގައި ސިޔާސީ އެހެން މަގުސަދުތަކެއް ފޮރުވިފައި އޮތުމެވެ. ޚާއްސަކޮށް، ސިޔާސީ މަގާމުތަކުގެ އަދަދު އިތުރުވަމުން ދިއުމާއި، އިސްރާފު ބޮޑު މަޝްރޫއުތައް ހިންގަމުންދާއިރު، ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކާ ގުޅޭ ކަންކަމުން ޚަރަދު ކުޑަކުރަން އުޅުމަކީ އިޚުލާޞްތެރިކަމެއް ނެތް އަމަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު