މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ މުއްސަނދި ގައުމުތަކުން ޚަރަދު ކުޑަކުރަމުންދާއިރު، ރާއްޖެއިން އެ ފިޔަވަޅު ނާޅަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ޖަވާބަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ބައެއް ގައުމުތަކުން ޚަރަދު ކުޑަކުރަނީ ހަގީގީ އިގްތިސާދީ ބޭނުމަކަށްވުރެ ބޮޑަށް ސިޔާސީ މަގުސަދެއްގައި ކަމަށެވެ.
މި ވާހަކަފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފެންވަރާމެދު ސުވާލު އުފައްދަވާފައެވެ.
ޑރ. ޖަމީލް ވިދާޅުވީ ގައުމު ކުރިއަށް ނުދަނީ މިފަދަ ސަބަބުތަކާ ހުރެ ކަމަށާއި، ކޮންމެ މީހަކަށް ވެސް މަގާމެއް ލިބުމުން އެއީ އަމިއްލަ މޮޅުކަމުން ލިބުނު އެއްޗެއް ކަމަށް ހީވާ ހީވުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ މިފަދަ ނުފޫޒުގަދަ މަގާމުތަކުގައި ތިއްބަވަނީ މަތީ ތައުލީމާއި އުނގެނުމާއެކު އާންމުންގެ އިހުތިރާމް ލިބިފައިވާ ގާބިލު ބޭފުޅުންކަން ފާހަގަކުރައްވަމުން، ރާއްޖޭގެ މިހާރުގެ ހާލަތުން ފެންނަނީ އެ ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނޭނގޭ މީހަކު އެނގޭ ކަމަށް ހެދިގެން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، ކޮންމެ ދާއިރާއަކުން ވެސް ވާހަކަ ދައްކަންވާނީ އެކަމަކާ ގުޅޭގޮތުން ކިޔަވައިގެން ތިބެގެން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އެހެން ނޫންނަމަ، މިނިސްޓަރު ޒަމީރަށް ދިމާވި ފަދައިން އާންމުންގެ ކުރިމަތީގައި "ބޭޒާރުވާނެ" ކަމަށް ވިދާޅުވެ ޑރ. ޖަމީލް ވަނީ ވަރަށް ހަރުކަށި އިބާރާތުން ރައްދު ދެއްވާފައެވެ. ޑރ. ޖަމީލް ސިފަކުރެއްވި ގޮތުގައި، މިފަދަ ނާގާބިލު ބޭފުޅުންނަށް އިސް މަގާމުތައް ދިނުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ "އެންމެ ބޮޑު ވެއްޓުމެވެ".

ކިޔުންތެރިންގެ ހިޔާލު