އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޙާލު ސީރިއަސްވި މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާގައި ހާލު ސީރިއަސްވެގެން ފަރުވާދެމުންދަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަކީ އެކްސިޑެންޓްވި ކާރު ދުއްވަން އިން ޑްރައިވަރެވެ. އައިޖީއެމްއެޗުން ބުނީ އޭނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން މިހާރު ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ ހަވީރު 16:50 ހާއިރު ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލުމުގެ ސަބަބުންނެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ ކާރު ދުއްވި ބާރުމިނުގެ ސަބަބުން ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. މި އެކްސިޑެންޓުގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ހާދިސާ ހިނގި ވަގުތު ކާރުގައި ޖުމްލަ ހަތަރު މީހުން ތިއްބެވެ. ޑްރައިވަރުގެ އިތުރުން ކާރުގައި ދެން ތިބި ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. ނަމަވެސް، އެ ތިން މީހުންގެ ހާލު ސީރިއަސް ނުވާތީ، ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ޑްރައިވަރުގެ ހާލު ބޮޑުވުމާ ގުޅިގެން އޭނާ މާލެ ބަދަލުކުރީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު