ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅިނަމަވެސް، އެކަން ކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް ބަލައިގެން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އީރާން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ އަސަރުތައް ދިރާސާކުރުމަށް އުފައްދާފައިވާ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދެނީ ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
މިގޮތުން، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު މިހާރަށްވުރެ އިތުރުކުރުމުގެ މަސައްކަތްތައް ސަރުކާރުން ބާރުސްޕީޑުގައި ކުރިއަށްގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މިނިސްޓަރު ހަލީލް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ދިގުލައިގެންދާނަމަ، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު ވިސްނުމަކީ، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބުރައަކަށް ނުވަތަ ތަކުލީފަކަށް ނުވާނެ ގޮތަކަށް އެޅޭ ފިޔަވަޅުތަކަކަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ހާލަތު މިގޮތަށް ދެމިއޮންނަނަމަ، ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ތައްޔާރުވަމުން ކަމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށް ބުރޫނާރާނެހެން އިގްތިސާދީ ދުވެލި ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައް ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، ސަރުކާރުން ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅައި، އެކަންކަން ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މީގެ ތެރޭގައި އިސްރާފު ކުޑަކުރުމާއި، ދައުލަތުގެ ހިންގުމުގެ ހަރަދުތައް އިތުރަށް ހަރުދަނާކުރުން ހިމެނެ އެވެ.
ހަމައެހެންމެ ވަޒީރު ވަނީ، ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ނުދާނެހެން އަދި ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިނުވާނެހެން ސަރުކާރުން ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު