މިއީ ދިވެހި ސަރުކާރުން ބެލްޓު ބާރުކޮށް، ބޭކާރު ޚަރަދުތައް އެއްކޮށް ކަނޑާލަންވީ ވަގުތު ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އަތުވެދާނެ ނޭދެވޭ ބަދަލުތަކަށް ތައްޔާރުވުމަށް ގޮވާލައި އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގައެވެ.
އެގޮތުން މަލީހް ވިދާޅުވީ، ކުރު މުއްދަތެއްގައި ފައިދާ ނުލިބޭނެ ފަދަ މަޝްރޫޢުތައް މިވަގުތަށް މެދުކަނޑާލައި، ރާއްޖޭގެ އިޤްތިސާދު ހިފެހެއްޓޭތޯ ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ރެކޯޑު މިންވަރަކަށް ދަށްވާނެ ކަމަށް ލަފާކުރެއްވޭއިރު، އެކަމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އުތުރުތިލަފަޅުގައި ސަރުކާރުން ބިނާކުރަން ނިންމާފައިވާ ޖަލާއި ރިހެބިލިޓޭޝަން ސެންޓަރަށް އިޝާރާތް ކުރައްވައި މަލީހް ވިދާޅުވީ، އެއް ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ޖަލެއް އެޅުމަކީ މިވަގުތު ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. މާފުށީ ޖަލު އެކްސްޓެންޑު ކުރުމަކީ މާ ޚަރަދު ކުޑަ ގޮތެއް ކަމަށް ފާހަގަކުރައްވައި މަލީހް ވިދާޅުވީ، ސަރުކާރުގެ އަމާޒަކަށް ވާންވީ މީހުން ޖަލަށްލުން ނޫން ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައީސް މުޢިއްޒުގެ ވިސްނުންފުޅާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ރާއްޖޭގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށް މަލީހް އިންޒާރު ދެއްވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް ގޭސް ލިބުމުގައި ދަތިތަކެއް ހުރި އިރު، ތެލުގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ކުރިން ރައްޔިތުން ތެޔޮ ގަނެ ރައްކާކުރަން ޖެހޭ ކަމަށެވެ.
މިފަދަ ނާޒުކު ހާލަތަކަށް ގައުމު ދާއިރުވެސް، ސަރުކާރުގެ ފަރާތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާ ތަން ނުފެންނަކަމަށް ވިދާޅުވެ މަލީހް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު