މާލޭގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކަމަށް ބުނެ ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށްޓަކައި އަނެއްކާވެސް ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ވޯކް-އިން އިންޓަވިއު އޮންނާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 16:00 އަށް މާފަންނު ބަސް ޓާމިނަލުގައެވެ.
މީގެ ކުރިންވެސް މި މަގާމުތަކަށް މީހުން ހޯދުމަށް އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ހިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދެއެވެ. މީގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތްކުރާނެ 285 ޑްރައިވަރުންނާއި، ޕާޓް-ޓައިމްކޮށް މަސައްކަތްކުރާނެ 122 ޑްރައިވަރުންނެވެ.
މި މަސައްކަތާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވެފައިވަނީ، މި ހިދުމަތް ފެށުމަށް ތިން މޮޑެލްއެއްގެ ކާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތައިލެންޑުން 60 ކާރު ގެނައުމަށް ހަމަޖެހިފައިވާއިރު، ބާކީ ދެ މޮޑެލްގެ ކާރުތައް ގެންނަން ނިންމާފައިވަނީ ޗައިނާއިންނެވެ.
ރައީސް އޮފީހުގައި މި މަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ ރޯދަ މަސް ނިމެންވާއިރަށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޓެކްސީ ލައިންގެ ހިދުމަތް އަދި ނުފަށަ އެވެ.

ކިޔުންތެރިންގެ ހިޔާލު