ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނަން ޖެހެނީ، ރައްޔިތުންގެ ބަސް ބުނުމުގެ މިނިވަންކަމާއި ހައްގުތަކާއި ބާރުތައް ރައްޔިތުންގެ އަތުގައި ބޭއްވުމަށްޓަކައި ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ، މިހާރު ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރި ހުރިހާ މަގުތަކެއް ވަނީ ބަންދުވެފައި ކަމަށެވެ. އެގޮތުން މަޖިލިސް މެންބަރުން ވަޒީރުންނާ ކުރާ ސުވާލުތަކަށް ޖަވާބު ނުދެއްވާކަމާއި، ގާނޫނީ ގޮތުން ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރުވެސް 60 އަށް ވުރެ ގިނަ ސުވާލަށް ޖަވާބު ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދައުލަތުގެ މީޑިއާއިން އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނުދޭކަމަށް ވިދާޅުވެ ކުޑޫ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ގާނޫނުގައި ދައުލަތުގެ މީޑިއާއަކީ ހަމަހަމަ ފުރުސަތު ދޭންޖެހޭ ތަނެއް ކަމަށް އޮތް ނަމަވެސް، މި ސަރުކާރު އައި ފަހުން އިދިކޮޅު އެމްޑީޕީގެ އަޑު އިއްވުމަށް އެއްވެސް ޖާގައެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، ރައްޔިތުންގެ މިނިވަންކަމާއި ބާރުތައް ހިމާޔަތްކުރުމަށްޓަކައި މި ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު