ޖިންޔިންޓަން ހޮސްޕިޓަލް
ޖިންޔިންޓަން ހޮސްޕިޓަލް
އެޗްއައިވީއަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެއްކަމަށްވާ "ކަލެޓްރާ" އިން ކޮރޯނާވައިރަހަށް ފަރުވާކުރެވިދާނެކަމަށް ޗައިނާގައި ކޯވިޑް-19 ވައިރަސް ޖެހިގެން ބަލިމީހުން އެޑްމިޓްކުރި މައި ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފިއެވެ.

ޗައިނާގެ ވޫހާން ސިޓީގައި ހުންނަ ޖިންޔިންޓަން ހޮސްޕިޓަލްގެ ރައީސްޖިންޔިންޓަން ހޮސްޕިޓަލްގެ ރައީސްއި ހަވާލާދީ މަޝްހޫރު ރޮއިޓާސް ނޫސް އޭޖެންސީން ބުނީ ކޮރޯނާވައިރަހުގައި ހާލުދެރަ ބަލިމީހުންނަށް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކަލެޓްރާއިން ފަރުވާދީފައިވާނެކަމަށެވެ. އެބޭހުން އަސަރު ނުކުރާ ކަމަށް ކުރީގެ ދިރާސާތަކުން ދެއްކިނަމަވެސް އެބޭހުން ކޯވިޑް-19 އަށް ފަރުވާދެވޭކަން އެމީހުންގެ ހޯދުންތަކުން ހާމަވެފައިވާ ކަމުގައި ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ޖިންޔިންޓަން ހޮސްޕިޓަލުން ވާހަކަދެއްކެވި އެ ހޮސްޕިޓަލްގެ ރައީސް ޒޭންގް ޑިންގްޔޫ ވިދާޅުވީ އެ ހޮސްޕިޓަލުން ބަލިމީހުންނަށް ދެމުންދިޔައީ، އެބްވީ ކުންފުނިން އުފައްދާފައިވާ ލޮޕިނާވިރް/ރިޓޮނާވިރް ގެ އޮފްޕޭޓެންޓް ވައްތަރެއް ކަމަށްވާ ކަލެޓްރާއާއި، ބިސްމުތް ޕޮޓޭސިއަމް ސިޓްރޭޓް ނަމަކަށްކިޔާ އިތުރު ބޭހެއް ކަމަށެވެ. ޒޭންގް ވިދާޅުވީ މި ބޭހުން ވައިރަހަށް ފަރުވާކުރެވޭކަމަށް ގަބޫލުކުރެވޭކަމަށާއި، މި ބޭހުން ހޮސްޕިޓަލުގައި ކޮރޯނާވައިރަހަށް ފަރުވާކުރަން ފެށީ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޗައިނާގައި ވައިރަސް އެންމެ ބާރުމިނުގައި ފެތުރެމުންދިޔައިރު، ބަލިޖެހިފައިވާ 500 މީހުންނަށް އެއްފަހަރާ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާނެކަން ފާހަގަކުރައްވާ ޒޭންގް ވިދާޅުވީ އަދިވެސް 123 މީހަކު އޮބްޒްރވޭޝަންގައި އެބަތިބިކަމަށެވެ.

ޒޭންގް ވިދާޅުވީ ކަލެޓްރާއިން ކޮރޯނާވައިރަހަށް ފަރުވާ ނުކުރެވޭކަމަށް ލިޔެ ނިއު އިންގްލެންޑްގެ ޖަރނަލް އޮފް މެޑިސިންގައި ޝާއިޢުކުރި ދިރާސާގައި މަރުވުމުގެ ކުރިން އެބޭސް ބޭނުންނުކުރާ ފަރާތްތައް ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ސިއްހީ މަސައްކަތް ކުރައްވާ 3 މީހަކު، ވައިރަހުގެ އަލާމާތެއް ފެނުނުތާ ދެތިން ދުވަހުގެ ތެރޭގައި ކަލެޓްރާ ބޭސް ބޭނުންކުރަން ފެށުމުން އެމީހުންގެ ފުއްޕާމެއަށް އައި ބަދަލުތައް ފާހަގަކުރެވިފައިވާކަމަށެވެ.

ސައިންސްވެރިންގެ ތަހުލީލުތަކުން އަދިވެސް އެއްވެސް ބޭހަކީ ޔަގީނުންވެސް މި ވައިރަހަށް ފަރުވާއެއްކަން ސާބިތުކޮށްދެވިފައި ނުވާއިރު، ޒޭންގް ވިދާޅުވަނީ ކަލެޓްރާއާއި ބިސްމުތް ޕޮޓޭސިއަމް ސިޓްރޭޓްއަށް އިތުރު ތަހުލީލުތައް ހަދަން ޖެހޭކަމަށެވެ. އެއީ އެބޭސްތަކުން މި ވައިރަަހށް ފަރުވާއެއް ހޯދިދާނެކަމުގެ ބޮޑު އުންމީދެއް އެ ހޮސްޕިޓަލަށް އޮތުމުންކަމަށް އޭނާ ވިދާޅުވެފައެވެ.

ޒޭންގް ވިދާޅުވީ އެ ހޮސްޕިޓަލުން ބައްޔަށް ޕޮޒިޓިވް ވި ތިން ޞިއްޙީ އެހީތެރިއަކު މި ބޭސް ބޭނުން ކުރަން ފެށިތާ ދޭއް ނުވަތަ ތިން ދުވަހުގެ ތެރޭގައި ރަނގަޅު އަސަރުތައް ފެންނަން ފަށާފައިވާ ކަމަށެވެ. "އެމީހުން ބޭސް ބޭނުން ކުރަން ފެށުމުން ފުއްޕާމެއަށް ހެޔޮ ބަދަލުތައް އައިކަން ފާހަގަ ކުރެވިފައިވޭ." ޒޭންގްއާއި ހަވާލާދީ ރޮއިޓާސްއިން ބުނެފައި ވެއެވެ.

ޖިންޔިންޓަން ހޮސްޕިޓަލްގެ އިތުރުން ޝެންހާއިގެ ޑޮކްޓަރުންވެސް ކޯވިޑް-19 އަށް ފަރުވާ ދިނުމުގައި ފްލޫއަށް ދޭ ބޭހާއި އެކު ކަލެޓްރާ ބޭނުންކޮށްފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައި ވެއެވެ.

މީގެއިތުރުން ކެލަޓްރާ އަކީ ނޭވާލުމުގެ ނިޒާމުގެ ބަލިތަކަށް ފަރުވާ ދިނުމުގައި މީގެ ކުރިންވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާ ބޭހެކެވެ. އޭގެ ތެރޭގައި ސާރސް އަށް ވެސް މި ބޭހުން ފަރުވާ ދީފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.



ޒޭންގް ވިދާޅުވި ގޮތުގައި އެހޮސްޕިޓަލްގެ ބައެއް މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން އެހޮސްޕިޓަލުގެ ވަރަށް ގިނަ މުވައްޒަފުންނަށް ބިސްމުތް ޕޮޓޭސިއަމް ސިޓްރޭޓް ދީފައިވާ ކަމަށެވެ. އެއަށްފަހު އެމީހުންނަށް ވައިރަހުގެ އަސަރު ނުކުރާ ކަމަށް ޒޭންގްއާއި ހަވާލާދީ ރޮއިޓާސް ބުނެފައިވެއެވެ.

"މީގެ މާނައަކީ މި ބޭހާއި މެދު ކުރަންޖެހޭ ދިރާސާތައް މުޅިން ނިމިފައިވެއެކޭނޫން. ކޮންމެ ބަޔަކަށްވެސް އަދި މިކުރެވެނީ އިހުސާސް ތަކެއް." ޒޭންގް ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ފަރުވާ ދިނުމުގައި ޗައިނާގެ މައި ހޮސްޕިޓަލުތަކުން ބޭނުން ކުރި އަނެއް ފަރުވާއަކީ ޕްލަސްމާ ތެރަޕީގެ ފަރުވާއެވެ. މިއީ ކޯވިޑް-19 ޖެހުމަށްފަހު މުޅިން ރަނގަޅު ވުމުން އެމީހުންގެ ލޭ ބޭނުންކޮށްގެން ދޭ ފަރުވާއެކެވެ. މި ފަރުވާ ދެނީ ބަލީގައި އެންމެ ނުރައްކާތެރި ހާލަތަށް ދާ މީހުންނަށެވެ. ޒޭންގް ވިދާޅުވީ ދުނިޔޭގައި އެތައް ބަޔަކަށް ބަލިޖެހި ގިނަ ބަޔަކު ބަލީގައި ދުނިޔެއާއި އަލްވަދާޢު ކިޔަމުންދާއިރު މިއީ ވެސް ފަރުވާއެއްގެ އުއްމީދަކަށް ވެދާނެކަމަށެވެ.

ދުނިޔޭގައި 1,584,490 މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 94,705 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. އަދި އެންމެ ފުރަތަމަ ވައިރަސް ފެނުނު ޗައިނާގައި 81,865 މީހަކު ވައިރަހަށް ޕޮޒިޓިވްވިއިރު، 3,335 މީހުން ބަލީގައި މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން