އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިންތިޚާބުގެ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި، ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ރޭ ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ މަސައްކަތްތައް އަލުން ފަށާފައެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ތަނުގެ ކައިރީގައި ހުރި އިންތިޚާބާ ބެހޭ މަރުކަޒުގައި ހުރި ހުރިހާ މުހިންމު ލިޔެކިޔުންތަކެއް ރައްކާތެރިކަމާއެކު މިހާރު އެހެން ތަނަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ކުރިންވެސް ކަނޑައަޅާފައިވާ ތާރީޚަށް އިންތިޚާބު ބޭއްވުމުގައި އެއްވެސް ހުރަހެއް ނުވަތަ މައްސަލައެއް ކުރިމަތިވެފައި ނުވާކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ދިން އަދާހަމަ މައުލޫމާތުގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް އިންތިޚާބީ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިހާރު ސޯޝަލް ސެންޓަރުގައި ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން އިންތިޚާބެކެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބުގެ ވޯޓު އެއްދުވަހެއްގައި ނެގުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެވެ. މި ތިން އިންތިހާބަށްވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު