އިންތިޚާބާބޭހޭ މަރުކަޒު (ބާޖަމާލުއްދީން) އާ އިންވެގެން ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ކުރިއަށް އޮތް އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މެދުކަނޑާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިންތިޚާބާބޭހޭ މަރުކަޒާ ވަރަށް ކައިރީގައި ހުރި ގުދަނެއްގައި ކަމަށެވެ.
އަލިފާން ރޯވެފައިވަނީ ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ގުދަނެއްގައެވެ. އެއީ މ. ކައިރުގޭގައި ހުރި ޕްރައިމް އެއް ނަމްބަރު ގުދަނެވެ.
މި ހާދިސާގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އިންތިޚާބާބޭހޭ މަރުކަޒުގެ މުހިންމު ތަކެތި ރައްކާތެރިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން އެ މަރުކަޒުގައި ހުރި ތަކެތި އެތަނުން ނެރެ، ކައިރީގައި ހުރި ތޮއިބާ މިސްކިތަށް ބަދަލުކުރުމުގެ މަސައްކަތް ކޮމިޝަނުގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން މެދުކަނޑާލި ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް އަލުން ފަށާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތުގައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު