ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން އަންގާރަ ދުވަހުގެ ރޭ މީސްމީޑިއާގައި ޙިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މިގޮތަށް ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ކަމަށެވެ. މި ނިންމުމަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ނިންމި ނިންމުމެއް ކަމަށް އެ ޕާޓީން ބުނެފައިވީ ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ވަނީ މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ގެނެސްފައެވެ. ގާނޫނުއަސާސީގައިވާ ގޮތުން މިފަދަ އިސްލާހަކަށް އަމަލުކުރެވޭނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން އެކަން ފާސްވުމުންނެވެ. އެހެންކަމުން، މިކަމާ ގުޅޭ ފެންނަނުފެންނަ ވޯޓު ނެގުން އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ މި ވޯޓުގައި "އާނބަސް" ބުނުމަށް ގޮވާލާފައެވެ. ސަރުކާރުގެ މި ހުށަހެޅުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ތާއީދުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ބަދަލު ގެންނަން ބޭނުންވަނީ ދެ އިންތިޚާބު އެކުގައި ބޭއްވުމުން ދައުލަތުގެ ޚަރަދުތައް ކުޑަކުރެވޭނެތީއެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވަނީ މިކަމާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް ގޮވާލާފައެވެ. އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މުއްދަތު އިތުރުކުރުމަށް ކުރާ މަސައްކަތެކެވެ.
މި މައްސަލައިގައި ފެންނަނުފެންނަ ވޯޓު ހުއްޓުވުމަށް އެދި އަންގާރަ ދުވަހު ސުޕްރީމް ކޯޓަށް ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް، ބަންޑާރަނައިބުގެ އޮފީހުން ހޯމަ ދުވަހު ބުނެފައިވަނީ ފެންނަނުފެންނަ ވޯޓު ކުރިއަށް ގެންދާ މަރުހަލާތަކަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރިއަށްދާ ކަންކަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު