ބަޣުދާދުގައި ހުންނަ ޔޫއެސް އެމްބަސީ ރޯ ވަމުންދާ މަންޒަރު: އަލްޖަޒީރާ
ބަޣުދާދުގައި ހުންނަ ޔޫއެސް އެމްބަސީ ރޯ ވަމުންދާ މަންޒަރު: އަލްޖަޒީރާ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، އީރާނުން އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ޔޫއެސް އެމްބަސީއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މިހަމަލާތަކާއެކު ބަޣުދާދުގެ އެކި ހިސާބުތަކަށް ގޮވުންތަކުގެ އަޑު އިވި، އެމެރިކާ އެމްބަސީ ހުންނަ ސަރަޙައްދުގެ ކައިރިން އަލިފާން ރޯވެފައިވާ މަންޒަރު ވަނީ ފެނިފައެވެ. މި ހަމަލާތައް ފޮނުވާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި، މި ހަމަލާތަކަކީ މިހާރު ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ފޮނުވާފައިވާ ހަމަލާތަކެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގުން މި ހަމަލާތަކުގެ ތެރެއިން ތޭރަ މިސައިލެއް ސައުދީއިން ވަނީ ކާމިޔާބު ކަމާއިއެކު ވައްޓާލައިފައެވެ.

އެމެރިކާގެ އެހީއާއެކު އިސްރާއީލް ގުޅިގެން، މިދިޔަ މަހު އީރާނަށް ދިން ހަމަލާއާއެކު މެދުއިރުމަތީގައި ފެށިފައިވާ މި ހަނގުރާމައަށް 18 ދުވަސް ފުރުނު އިރު ޖުމްލަ 2000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ހަމަލާ ތަކުގައި މިހާތަނަށް 20000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އޭގެ ތެރޭގައި ރޭގެ ވަގުތެއްގައި އިރާގަށް ދިން ހަމަލާގައި މަރުވި 25 މީހުނާއި ޒަހަމްވި އެތަކެއް މީހުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު