އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އައްޑޫސިޓީ މަރަދޫގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށްޓަކައި "ލައްކަ" މަސައްކަތް ކުރެވިއްޖެ ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ޝަކުވާކުރަށްވައިފިއެވެ.

މަރަދޫ ފުޓްބޯޅަ ދަނޑުގެ ހާލަތާއި މެދު އެ ރަށުގެ ޒުވާނެއްގެ ޝުޢޫރުތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މެމްބަރު ޝަރީފް ވިދާޅުވީ އެ "ދަނޑުގެ ކަންތަކުގައި ލައްކަ އުޅެވިއްޖެ" ކަމަށާއި، ދެ އަހަރުގެ ބަޖެޓުގައި އެ މަސައްކަތް ކުރުމަށް ހިމެނިއްޖެވެސް ކަމަށެވެ.

"އަޙްމަދު މަޙްލޫފް، މިހުރީ އައްޑޫ ސިޓީގައި އޮންނަ 5000 ވަރު އާބާދީ އޮތް މަރަދޫ މީހެއްގެ ޝުޢޫރެއް، މިއަދު އިގްނޯރ ކޮށްލެވިދާނެ، 2020 ގައި ބަޖެޓްކޮށް ކޮށްނުދެވުނު 2021 ވެސް އަންނާނެ. 2023 ވެސް އަދި އޮތީ." އާއްމުންގެ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.

އެ ޓްވީޓާ ގުޅިގެން މެންބަރު ޝަރީފް ވިދާޅުވީ "މަޙްލޫފް ވިދާޅުވަނީ 2021 ގައޭ ޓާރފް އަޅުއްވާ ދެއްވޭނީ. ތިޔަކަމުގައި ލައްކަ އުޅެވިއްޖެ. އެހެނަސް އަދި ކުރިޔަށް ދާގޮތެއް ނުވާ" ކަމަށެވެ. ޝަރީފް ވިދާޅުވީ އެ މަސައްކަތް 2019 އާއި 2020 ގެ ބަޖެޓުގައިވެސް ހިމެނުނު ކަމަށެވެ.



މީގެ ކުރިން މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރިން ފާޑުކިޔާ މަލާމާތް ކުރަނީ ކަންކަން ނުކޮށްގެން ކަމަށާއި މިހާރު އެއާ އިދިކޮޅަށް ފާޑުކިޔުން އަމާޒުވަނީ ކުރާ ކަންކަން ގިނަވެގެން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ހުރިހާ ކުޅިވަރެއް އަދި ޔޫތު މިނިސްޓްރީގެ މެންޑޭޓް ތެރޭން ޒުވާނުންނާއި ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް ދާނީ ބާރަށް ކުރިއަށް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ރަށްރަށުގައި 100 ފުޓުބޯޅަ ދަނޑު އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. އެގޮތުން މިއަދާ ހަމައަށް ގާތްގަނޑަކަށް 40 ރަށެއްގެ ދަނޑުގެ މަސައްކަތް އެކި ފަރާތްތަކާ ވަނީ ޙަވާލުކޮށްފައެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 15 ރަށެއްގެ ޓާފް ދަނޑުތަކުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އުތުރުފެންޑާ

12-Oct-2020

ސަރީފު ދެންލަލަލާާ😂😂😂



ޓްރެންޑިން