ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސަރޖަރީއަކަށްފަހު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބައްސާމް ގޭބަންދަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި އެގޮތަށް ނިންމީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ވަގުތީ ގޮތުން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެެ.
މިކަމާ ގުޅޭ ގޮތުން މިއަދު މީޑިއާއަކުން ސުވާލުކުރުމުން ކަރެކްޝަންސް އިން ބުނީ އޭނާ ގޭބަންދަށް ބަދަލުކުރީ ސިއްޙީ ޙާލަތަށް ރިއާޔަތްކޮށް ވަގުތީ ގޮތުންކަމަށާއި، އަދި ސަރޖަރީއަކަށް ފަހު މިހާރު ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެފްއޭއެމްގެ ޚިޔާނާތުގެ އެކި މައްސަލަތަކާ ގުޅިގެން ބައްސާމްގެ މައްޗަށް ވަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެ ތެރޭގައި އެފްއޭއެމަށް ލިބުނު ފައިސާގެ ތެރެއިން 1.2 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ 23 އަހަރުގެ ޖަލު ހުކުމް ހިމެނެއެވެ. މީގެ އިތުރުން، ޚިޔާނާތުގެ އެހެން ދެ ދައުވާއެއް ސާބިތުވެ، އިތުރު 9 އަހަރުގެ ހުކުމެއްވެސް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު