މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް އަންނަމުންދާ އާދަޔާޚިލާފު ބަދަލުތަކެވެ. މި ބަދަލުތަކުގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވެސް ނުހަނު ބޮޑަށް ދަނީ ކުރަމުންނެވެ. ނަމަވެސް، މި ދަނޑިވަޅުގައި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު މާޔޫސްކަމަކީ، ތެލުގެ އަގު ބޮޑުނުވާނެ ކަމަށާއި ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރުން ދެއްވަމުން ގެންދެވި ޔަގީންކަން ފެނަށްވެގެން ދިއުމެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ވަނީ އޭނާއަށް ކުރިމަތިވި ހިތްދަތި ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ރޯދަމަހު އާއިލާގެ ކުދިން ރަށަށް ފޮނުވުމަށްޓަކައި ދުރާލައި ބަޖެޓު ހަދައި، ޓިކެޓް ގަތްއިރު ރިޓާން ޓިކެޓެއްގެ އަގަކީ 3600ރުފިޔާއެވެ. އެހެންނަމަވެސް، ތެލުގެ އަގަށް އައި ފުރަތަމަ ބަދަލާއެކު، ފައިސާ ދައްކާފައިވާ ޓިކެޓްތަކުގެ އަގު 4800 ރުފިޔާއަށް އުފުލުނެވެ. އަދި ތެލުގެ އަގު ދެވަނަ ފަހަރަށް ބޮޑުވުމާ ގުޅިގެން، އެ ޓިކެޓްތަކުގެ އަގު މިހާރު ވަނީ 7800 ރުފިޔާއަށް އަރާފައެވެ. މިއީ ކުރިން ގަތް އަގަށްވުރެ 4200 ރުފިޔާގެ ބޮޑުވުމެކެވެ.
މި މައްސަލާގައި ފެރީ އާއި ލޯންޗު ދުއްވާ ފަރާތްތައް ކުށްވެރިކުރެވޭކަށް ނެތެވެ. އެސްޓީއޯ އިން ތެލުގެ އަގު ދެގުނަ ބޮޑުކުރުމުން، ދުރާލައި ބުކިން ހަދާފައިވާ ޓިކެޓްތަކުގެ އަގު ބޮޑުނުކޮށް އެ ފަރާތްތަކަށް ވެސް ކުރެވޭނެ ކަމެއް ނެތެވެ. މިއީ ސަރުކާރުގެ އަންދާޒާތައް ކުށްވެރިވުމުގެ ސަބަބުން އާންމު ރައްޔިތުން އުފުލަންޖެހިފައިވާ ބުރައެކެވެ. މިއީ "ތެލުގެ އަގު ބޮޑެއް ނުވާނެ" ކަމަށް ވިދާޅުވެ ސަރުކާރުން ދެއްވި ދޮގު ޔަގީންކަމުގެ ހިތި ނަތީޖާއެވެ.
މިއަދު ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ އިންތިހާއަށް މަތީގައެވެ. ފިއުލް ސަޕްލައި މޯލްޑިވްސްއިން ކުންފުނިތަކަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގު 28 ރުފިޔާއަށް ވުރެ މަތިވެފައިވާއިރު، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 27 ރުފިޔާއަށް ވުރެ ބޮޑުވެފައެވެ. މީގެ ސީދާ އަސަރު ކަނޑުދަތުރުފަތުރަށް ކޮށްފައިވާއިރު، ކުރިން 700 ރުފިޔާއަށް ވިއްކި ޓިކެޓްތައް މިހާރު ވަނީ 1000 ރުފިޔާއަށް އުފުލިފައެވެ. އަދި ތޮއްޑޫ ފަދަ ރަށްރަށަށް ކުރާ ދަތުރުތަކުގެ އަގު ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ފިތުރު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށަށް ދިއުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، މިއީ ރައްޔިތުންނަށް ލިބުނު ބޮޑު ތަކުލީފެކެވެ. މާލެ ކައިރި ރަށްރަށުގެ ޓިކެޓް 600 ރުފިޔާއަށް އުފުލިފައިވާއިރު، ފ. އަތޮޅާއި ދ. އަތޮޅަށް ކުރާ ދަތުރުތަކުގެ އަގު ވަނީ 850 ރުފިޔާއަށް ބޮޑުވެފައެވެ. މީގެ އިތުރުން، ޖެޓް ފިއުލްގެ އަގު ބޮޑުވުމާއެކު އެތެރޭގެ އުދުހުންތަކުގެ އަގު ވެސް އުފުލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ބައެއް ލޯންޗުތަކުން މިހާރު ވަނީ ދަތުރުތައް މަދުކުރަން ފަށާފައެވެ. މީގެ ނަތީޖާއަކީ ގިނަ ރައްޔިތުންނަށް ދަތުރުނުކުރެވި، ރަށުގައި "ބަންދުވާން" ޖެހުމެވެ.
ހަނގުރާމަ ފެށުމާއެކު ސަރުކާރުން އެކުލަވާލެއްވި ވަޒީރުންގެ ކޮމެޓީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ތެލާއި ކާބޯތަކެތީގެ އަގު ބޮޑުނުވާނެ ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ އެއާ މުޅިން އިދިކޮޅު މަންޒަރެކެވެ. ތެލުގެ އަގު ދެގުނަވެ، ރައްޔިތުން މިވަނީ ގޮތް ހުސްވެފައެވެ.
ރައްޔިތުން މިފަދަ ބޮޑު ތަކުލީފެއްގެ ތެރޭގައި ތިއްބެވިއިރު، ރައީސް ޑރ. މުއިއްޒު ފެންނަނީ ކެމްޕެއިން ހަރަކާތްތަކުގައާއި މިލިއަނުން ޚަރަދުކޮށްގެން އީދު ބޮކި ދިއްލުން ފަދަ ކަންކަމުގައި އުޅުއްވާ ތަނެވެ. އަވަށްޓެރި ގައުމުތަކުން އިގްތިސާދީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާއިރު، މި ސަރުކާރުން މިކަމަށް އެދެވޭ ސަމާލުކަމެއް ދޭ ތަނެއް ނުފެނެއެވެ. ރައްޔިތުންގެ ޖީބަށް ބާރުބޮޑުވެ، އީދު ބަންދަށް ރަށަށް ނުދެވިފައި ތިބި މީހުންގެ އާދޭސްތަކަށް އިޖާބަދޭނެ ފަރާތެއް ނެތެވެ. މިއީ ހަގީގަތުގައި ވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބުނު ވަރަށް ހިތްދަތި "ޢީދު ހަދިޔާއެކެވެ".

ކިޔުންތެރިންގެ ހިޔާލު