އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ހިންގަމުންގެންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ވާހަކަ ސަރުކާރުން ނުދައްކަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
މެންބަރު އައްބާސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ނުރައްކާތެރި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވޭއިރު، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސަރުކާރުން މިކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ނުބުނެ ހަނުހުރުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައްބާސް ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން މި މައުޟޫޢަށް ވާހަކަ ނުދައްކައި މަޑުން އޮންނަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބިދާނެ ވޯޓަކަށް އުނިކަމެއް އަތުވެދާނެތީއެވެ. "އިޤްތިޞޯދީ ހީނަރުކަމާއި ތަކެތީގެ އަގު ބޮޑުވުމުގެ ޒިންމާ ހަނގުރާމައިގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި، މިވަގުތު އޮތީ 'ހުރިހާ ކަމެއް ރަނގަޅު' ކަމަށް ދެއްކުމުގެ ސިޔާސީ އުކުޅެކެވެ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އައްބާސް ވިދާޅުވީ، އިންތިޚާބުގެ ވޯޓުލުން ނިމުމާއެކު ސަރުކާރުގެ ރާގު ބަދަލުވާނެ ކަމީ ޔަގީންވާ ކަމެއް ކަމަށެވެ. އޭރުން ދައްކާނީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަ ކަމަށާއި، ރަށްރަށުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލުމަށްފަހު، އެކަމުގެ އުޒުރަކަށް ދައްކާނީވެސް މި ހަނގުރާމަ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މިފަދަ ނުބައި ރޭވުންތަކަށް ރައްޔިތުން ސިކުނޑި ހުޅުވަންޖެހޭ ކަމަށެވެ. އަދި ސިޔާސީ މަންފާއަށްޓަކައި ހަގީގަތް ފޮރުވައި، އިންތިޚާބަށްފަހު ރައްޔިތުން ބިކަކޮށްލަން ކުރާ މަސައްކަތުގައި ނުޖެހުމަށް އޭނާ ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވިއެވެ. މި ސަރުކާރުގެ އޮޅުވާލުންތަކަށް ހޭލުންތެރިވެ، ގައުމުގެ ހަގީގީ ހާލަތާ މެދު ސުވާލު އުފެއްދުމަށްވެސް އައްބާސް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު